މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅެގެން ފޮނުވާލި ބިދޭސީންގެ އަދަދު 4300 އަށް ވުރެ މައްޗަށް

Tue, 22 Oct 2024 11:30 PM

View on this article on Huvadhoo News

މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅެގެން ފޮނުވާލި ބިދޭސީންގެ އަދަދު 4300 އަށް ވުރެ މައްޗަށް

ޤަވައިދާ ޚިލާފަށް އުޅުނު 4361 ބިދޭސީން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ޤަވައިދާ ޚިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން އަނބުރާ ފޮނުވާލުމަކީ އަމާޒެއް ކަމަށާއި އޭގެ ތެރެއިން މިހާތަނަށް 4361 ބިދޭސީން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރައްވާ ޝަމްޢާން ވިދާޅުވީ ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި 186 ރެއިޑް އޯޑަރު ނެރެ ބާރަ ސަތޭކަ ތިރީސް ހަތް ތަން ބަލާ ފާސްކޮށްފައި ކަމަށެވެ.

މީގެ ތެރޭގައި ފުލުހުންނާއި ގުޅިގެން އިންޓެލިގެންސް ބޭސް ޓާގެޓެޑް 70 ރެއިޑް އޮޕަރޭޝަނެއް ވާނީ ހިންގިފަ. މައިގަނޑު ގޮތެއްގަ މި ރެއިޑްތައް ޙާއްސަކޮށްފައިވާނީ ހަށި ވިއްކާ ތަންތަނަށް. ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އޮޕަރޭޝަންތައް އަޅުގަނޑުމެން ބޮޑަށް މި ޚާއްސަ ކުރަނީ ރާއްޖޭގައި ވިޔަފާރިކުރަމުން މިދާ ނުވަތަ އެއްވެސް ދިވެއްސަކާ ގުޅުމެއްނެތި އަމިއްލައަށް ވިޔަފާރިކޮށް ޓެކްސް ނުދައްކާ ވިޔަފާރީގައި ޝާމިލްވާ ފަރާތްތަކަށް. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

މާލެ ސަރަހައްދުގަ ހިންގާ މާސް އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ 896 ތަނެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަމްޢާން ވަނީ ބޯޑަރު ހުރަސްކޮށް ޤަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި އަދި ރާއްޖޭގެ ބޯޑަރ ހުރަސްކޮށް ރާއްޖޭއަށް އެތެރެވުމަށްޓަކައި ކައުންޓަރ ފީޓް ނުވަތަ ފޯޖް ޕާރސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަބަޔަކު މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މީގެ ތެރޭގައި ކައުންޓަރ ފީޓް، ފޯޖް ފާސްޕޯޓާއި ޝަޚްސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އަދި އޭގައި ޖަހާފައިވާ ވިސާ ތަކަކީ ފޯޖްކޮށްފައިވާ ވިސާ ތަކެއްކަން ވަނީ ފާހަގަކުރެވިފައިވާކަމަށް ޝަމްޢާން ވިދާޅުވިއެވެ.





More from Huvadhoo News