ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަކީ ޒުވާނުންގެ ދިރިއުޅުމުގެ އެއްބައި، ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރާ ބަޔަކަށް ޒުވާނުން ވާންޖެހޭ: ވަޒީރު އިބްރާހީމް ވަހީދު

Tue, 22 Oct 2024 08:16 PM

View on this article on Huvadhoo News

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަކީ ޒުވާނުންގެ ދިރިއުޅުމުގެ އެއްބައި، ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރާ ބަޔަކަށް ޒުވާނުން ވާންޖެހޭ: ވަޒީރު އިބްރާހީމް ވަހީދު

ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް މޮޅު ހިކުމަތުގެ އަހުލުވެރި ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރުން ތަންފީޒުކުރައްވަމުން ގެންދަވާ ޒުވާނުންގެ ސިޔާސަތުން މަންފާ ލިބިގަނެވޭ ބަޔަކު ކަމުގައި ޒުވާނުންހެދުންކަމަށެވެ. އެގޮތުން ޒުވާނުންގެ ސިއްޙަތާއި، ޒުވާނުންގެ ހަށިހެޔޮކަމާއި، ނަފުސާނީ ދުޅަހެޔޮކަމަށް ވިސްނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުރިމަގުގެ މަންފާ ލިބިގަތުމަށްޓަކައި ޒުވާނުންގެ ވިސްނުން ތަޢުލީމާއި ސުލޫކީ ވިސްނުންތަކަށް މިސްރާބުކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަކީ ޒުވާނުންގެ ދިރިއުޅުމުގެ އެއްބައިކަމުގައި ހަދަންޖެހޭކަމަށާއި، އަދުގެ މައްސަލަތަކާއި އޭގެ ހައްލުތަކަށް ރިޢާޔަތްކޮށް ފުންކޮށް ވިސްނައި ޚިޔާލުކުރާ ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“އިޤްތިޞާދީ ކުރިއެރުމަށް ފަހިވާގޮތުން އުފެއްދުންތެރި ބަޔަކަށް ވާންޖެހޭ. ދުނިޔޭގެ ވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ހށް ހޭލުންތެރިވެ ނަތީޖާނެރޭ ބަޔަކަށް ވާންޖެހޭ. ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް މުސްތަގުބަލުގައި ދަމަހައްޓައިދޭނޭ ތޫނު ވިސްނުމާއި، މޮޅު ހިކުމަތުގެ އަހުލުވެރި ބަޔަކަށް ޒުވާނުން ވާންޖެހޭ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތުތައް އެކުލެވިފައިވަނީ މި ހުރިހާ ކަމަކާއި، އެއާއި ގުޅިފައިވާ ކަންކަން ޒުވާނުންނަށް ހާސިލްކޮށްދިނުމަށެވެ. އަދި ހަގީގީ މާނައިގައި ޒުވާނުންގެ ދައުރު ޒުވާނުންނަށް ލިބިދިނުމަށާއި ގައުމީ އަމާނާތާއި ހަވާލުވެވޭނޭ ނުހަނު ޤާބިލު ޒުވާނުން އުފެއްދުމަށެވެ.

ހިތާބުގެ ނިމުމުގައި، ދިވެހީންގެ ޤައުމު ދިވެހިގޮތުގައި މުސްތަގުބަލުގެ ދުނިޔެއާ ފައިހަމަކުރުމަށް ބޭނުންވާ ހުރިހާ ކަމެއް މިއަދު ހާސިލްކުރުމަށް ވަޒީރު ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ހިތާބު އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ކަމަށްވާއިރު، ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ވަޒީރު ދެއްވި މި މެސެޖަކީ ޒުވާނުންގެ މުހިންމުކަމާއި އެމީހުންގެ ދައުރު ފާހަގަކޮށް، ގައުމީ ތަރައްގީ ގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލުމެކެވެ.

ވަޒީރުގެ މި ބަސްތަކުން ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާއިރު، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވިފައިވެއެވެ. ހާއްސަކޮށް ޒުވާނުންގެ ސިއްހަތާއި ތަޢުލީމަށް ދެއްވާ ސަމާލުކަން ފާހަގަ ކުރެވެއެވެ.

ގައުމުގެ މުސްތަގުބަލް ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމުކަން ވަޒީރުގެ ވާހަކަފުޅުން ހާމަ ވެގެން ދާއިރު، އިގުތިސާދީ ކުރިއެރުމާއި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރު މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މި ހިތާބަކީ ޒުވާނުންނަށް ހިތްވަރުދީ، އެމީހުންގެ ގާބިލުކަމާއި ހުނަރު އިތުރުކޮށް، ގައުމީ ތަރައްގީގައި އެމީހުންގެ ބައިވެރިވުން އިތުރު ކުރުމަށް ގޮވާލުމެއްކަން ފާހަގަކުރެވެއެވެ. އަދި ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު މުހިންމުކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



More from Huvadhoo News