ކަނޑާއި ގޮނޑުދޮށް ރައްކާތެރިކުރުމަކީ ކޮންމެހެން މުހިންމު ކަމެއް: ސްޓޭޓް މިނިސްޓަރު ނިޒާމް

Fri, 18 Oct 2024 03:47 PM

View on this article on Huvadhoo News

ކަނޑާއި ގޮނޑުދޮށް ރައްކާތެރިކުރުމަކީ ކޮންމެހެން މުހިންމު ކަމެއް: ސްޓޭޓް މިނިސްޓަރު ނިޒާމް

ކަނޑާއި ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބިންގާ ކަމަށް ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނިޒާމް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި މިއަދު ފެށުނު އެޓޯލް މެރިން ސިމްޕޯޒިއަމްގެ ފެށުމުގެ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނިޒާމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކަނޑާއި ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބިންގާ ކަމަށާއި، މި މުހިންމު ތިމާވެށި ރައްކާތެރިކުރުމަށް އެންމެންގެ އެއްބާރުލުމާއި ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށެވެ. އަދި ސިމްޕޯޒިއަމްގެ މަޤްޞަދަކީ ރާއްޖޭގެ ކަނޑާއިޑާއި ގޮނޑުދޮށުގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ޙައްލު ހޯދުން ކަމަށެވެ.

މީގެ އިތުރުން ސިމްޕޯޒިއަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢިލްމީ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ. މި ސިމްޕޯޒިއަމް ކުރިޔަށްދދާނީ ދެ ދުވަހުގެ މުއްދަތަށް ކަމަށްވެސް މުސުމާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.





More from Huvadhoo News