އަލިފުށީގައި މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެއްޖެ

Fri, 18 Oct 2024 01:58 PM

View on this article on Huvadhoo News

އަލިފުށީގައި މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެއްޖެ

ރ.އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު މިއަދު ނިޔާވެއްޖެއެވެ.



ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި 3 މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި، އެ މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.



More from Huvadhoo News