އާދީއްތަ ދުވަހު ފުވައްމުލަކުގައި ‘ޝީޝާ ރަށި ބާޒާރޮ’ ފަށަނީ، ނަސީބު ވެރިއަކަށް ސައިކަލެއް

Fri, 18 Oct 2024 01:47 PM

View on this article on Huvadhoo News

އާދީއްތަ ދުވަހު ފުވައްމުލަކުގައި ‘ޝީޝާ ރަށި ބާޒާރޮ’ ފަށަނީ، ނަސީބު ވެރިއަކަށް ސައިކަލެއް

ފުވައްމުލައް ސިޓީގައި އަންނަ އާދިއްތަ ދުވަހު ‘ޝީޝާ ރަށި ބާޒާރޮ’ ފެށުމަށް ނިންމައިފިއެވެ.



ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ބާޒާރު އޮންނާނީ
މި މަހުގެ 20، 21، 22 އަދި 24 ވަނަ ދުވަހުގެރޭ އެ ސިޓީ ޒުވާނުންގެ މަރުކަޒުގައެވެ.

52 ވިޔަފާރިއަކުން ބައިވެރިވެފައިވާ މި ބާޒާރުގެ ’ޓައިޓަލް ސްޕޮންސަރ‘ އަކީ މަޝްހޫރު ސައިކަލު މަރުކާއެއް ކަމުގައިވާ ހޮންޑާގެ ދިވެހިރާއްޖޭގެ ’އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރ‘ ކަމުގައިވާ ޝީޝާއެވެ

އެހެންކަމުން މިއަހަރުގެ ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ‘ޝީޝާ ރަށި ބާޒާރޮ 2024’ ގެ ނަމުގައެވެ.

ޝީޝާއިން ވަނީ މި ބާޒާރަށް ޒިޔާރަތްކުރައްވާ ހުރިހާ ފަރާތެއްގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ‘ހޮންޑާ އެއަރބްލޭޑް 125 ސްޓޭންޑާޑް އެޑިޝަން’ ގެ ސައިކަލެއް ހުށަހަޅާފައެވެ. މި ގުރުއަތު ނެގުން އޮންނާނީ ބާޒާރުގެ އެންމެ ފަހު ރޭގައެވެ.

މީގެ އިތުރުން ބާޒާރު އޮންނަ ކޮންމެ ރެއަކުވެސް، އެ ރެއެއްގައި ބާޒާރަށް ޒިޔާރަތްކޮށް ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ތަފާތު އެކިކަހަލަ ބޭނުންހުރި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބާޒާރުގެ އެންމެ ފަހު ރޭ ފުވައްމުލައް ސިޓީ ހޮންޑާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތަކެއް އެ ސަރަހައްދުގައި ކުރިއަށްދާނެއެވެ.

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މިފަދަ ބާޒާރެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގެ ފިހާރަތަކުން އާންމުކޮށް މުދާ ލިބެން ހުންނަ އަގަށްވުރެ ހެޔޮކޮށް އަދި ގިނަ ވައްްތަރުގެ މުދާތަކެއް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.



More from Huvadhoo News