ތަރައްޤީވެފައިވާ ޤައުމަކަށް ބޭނުންނަމަ އެއާޕޯޓު މަޝްރޫޢު ކުރިއަށް ގެންދިއުން މުހިންމު: ވަޒީރު ސައީދު

Fri, 18 Oct 2024 03:25 PM

View on this article on Huvadhoo News

ތަރައްޤީވެފައިވާ ޤައުމަކަށް ބޭނުންނަމަ އެއާޕޯޓު މަޝްރޫޢު ކުރިއަށް ގެންދިއުން މުހިންމު: ވަޒީރު ސައީދު

ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސް މުއިއްޒު ހިފާފައިވާ އަމާޒު ހާސިލްކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީގެ ބިޔަ މަޝްރޫޢު ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވަޒީރު ސައީދު ވިދާޅުވެއްޖެއެވެ.



އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީގެ ބިޔަ މަޝްރޫޢު ފެށުނު ހިސާބުންވެސް އެއާޕޯޓުގެ އެކި މަސައްކަތްތަކާމެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، މިހާރު ނިމިފައިވާ މަސައްކަތްތަކަށް ބަލާއިރު އެފަދަ ސުވާލުތައް ނުކުރާ ކަމަށެވެ. އަދި ވެލާނާ އެއާޕޯޓުގެ ތަރައްޤީއަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ ކަމެއް ކަމަށާއި، ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސް މުއިއްޒު ހިފާފައިވާ އަމާޒު ހާސިލްކުރުމަށް މި މަޝްރޫޢު ކުރިއަށް ގެންދިއުން މުހިންމުކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މިވަގުތު ޖީޑީޕީ އަކީ 6.5 ބިލިއަން ޑޮލަރު. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަށް ވާސިލްވުމަށް 8 ބިލިއަން ޑޮލަރަށް މިއަދަދު އިތުރުކުރަން ޖެހޭ. އޭގެ މާނައަކީ އަހަރެއްގެ މައްޗަށް މަދުވެގެން 2.4 މިލިއަން ފަތުރުވެރިން ގެންނަން ޖެހޭކަން. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ކުރިއަށް ގެންދަން މަޖްބޫރު މަޝްރޫޢެކޭ” ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވި، 20 އަހަރު ދުވަހުގެ އެއާޕޯޓު ތަރައްޤީގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެެވެ.

 



More from Huvadhoo News