މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް: މިފަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ މުބާރާތަކަށް ވާނެ: މޭޔަރ

Fri, 18 Oct 2024 05:02 PM

View on this article on Huvadhoo News

މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް: މިފަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ މުބާރާތަކަށް ވާނެ: މޭޔަރ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް އަދި އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ، މަކިޓާ 15 ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ.



ފުވައްމުލަކު ސިޓީ ކައުންސިލްގެ އެސްޖީ އަސްލަމް ރަޝީދު ” ހުވަދޫ” އަށް ވިދާޅުވީ މުބާރާތުގެ އިވެންޓްތައް މާދަމާ ހެނދުނު 7:00 ޖާހާއިރު ފަށާނެކަމަށާއި، މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. ދެކުނުގެ ސަރަހައްދަށް މޫސުން ގޯސްވުމާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކުޑަ ލަސްތަކެއް ދިމާވިޔަސް މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމްތައް މިރެއާއި ހަމައަށް ހަމަވާނެ އެސްޖީ ވިދާޅުވިއެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކުން ފުވައްމުލަކުގައި ކޭޕްކުރަނީ-ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީގެ މޭޔަރ ވިދާޅުވީ މިފަހަރުގެ މުބާރާތަކީ އެހެން އަހަރުތަކާއި އަޅާބަލާއިރު ފުރިހަމަ ވާނެ މުބާރާތެއް ކަމަށާއި، މުޅި ފުވައްމުލަކު ސިޓީ އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި މުބާރާތް ކާމިޔާބު ކާމާއިއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާކަމަށެވެ.

މިފަހަރުގެ މުބާރާތުގައި 29 ޓީމަކުން 868 އެތްލީޓުން ވާދަކުރާނެއެވެ. މިފަހަރުގެ މުބާރާތް ވެގެން ދާނީ އެހެން މުބާރާތްތަކާއި އަޅާބަލާއިރު އިންތިޒާމްތައް ރަނގަޅު މުބާރާތެއްގެ ގޮތުގައެވެ. އަދި މިފަހަރުގެ މުބާރާތައް ފުވައްމުލަކު ސިޓީވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކުން ފުވައްމުލަކުގައި ކޭޕްކުރަނީ-ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

މިމަހުގެ 19 އިން 23 އަށް ކުރިއަށްދާ މި މުބާރާތުގައި ގއ ގދ ގެ ގިނަ ސްކޫލުތަކުން ބައިިވެރިވެފައިވާ މިހާރު ގިނަ ސްކޫލުތަކުން ވަނީ ފުވައްމުލަކު ސިޓީގައި ކޭމްޕްކޮށްފައެވެ. އެތްލެޓިކްސް މުބާރާތް ތަކަކީ ރާއްޖޭގެ ގިނަ ސުކޫލުތަކުން ޝައުގުވެރިކަމާއި އެކު އަބަދުވެސް ބައުވެރިވަމުންދާ މުބާރާތްތަކެވެ.

 



More from Huvadhoo News