ވަޒީރު ސައީދު އިސްލާމިކް ބޭންކުގެ ސީއީއޯއާއި ބައްދަލުކުރައްވައިފި

Fri, 18 Oct 2024 03:03 PM

View on this article on Huvadhoo News

ވަޒީރު ސައީދު އިސްލާމިކް ބޭންކުގެ ސީއީއޯއާއި ބައްދަލުކުރައްވައިފި

ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އާއި ބައްދަލުކުރައްވައިފިއެވެ.

އިގްތިޞާދީ ވުޒާރާގައި ބޭއްވުނު އެ ބައްދަލުވުމުގައި، ވަޒީރު ސައީދު ވަނީ ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންޝަލް ސެންޓަރުގެ މަޝްރޫޢާ ގުޅޭ ތަފްޞީލީ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އާއި ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި ދެކުނު އޭޝިޔާގެ އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމުގެ ތަސައްވުރާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ފައިނޭންސް ދާއިރާ ތަރައްޤީކުރުމުން ދިވެހިރާއްޖެއަށް ލިބިގެންދާނެ ފައިދާއާއި، ފަހިކުރެވިގެންދާނެ އިޤްތިޞާދީ ފުރުޞަތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

އަދި އިސްލާމިކް ފައިނޭންސް ހަބަކަށް ދިވެހިރާއްޖެ ހެދުމަށް ކުރާ މަސައްކަތުގައި މޯލްޑީވްސް އިސްލާމިކް ބޭންކަށް ފޮރުކޮށްދެވިދާނެ އެހީތެރިކަމާގުޅެގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ.





More from Huvadhoo News