މި ސަރުކާރުން ގަމާއި ފޮނަދޫ އަށް ވެސް ސިޓީގެ ދަރަަޖަ ދޭނެ: ފައިސަލް

Sat, 27 Apr 2024 11:47 AM

View on this article on Huvadhoo News

މި ސަރުކާރުން ގަމާއި ފޮނަދޫ އަށް ވެސް ސިޓީގެ ދަރަަޖަ ދޭނެ: ފައިސަލް

ލ. އަތޮޅު ފޮނަދު އާއި ގަން، ސިޓީގެ ދަރަޖައަށް ބަދަލުކޮށްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.



މިނިސްޓަރު އެހެން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އަށް ލާމުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވުމަކީ ވަރަށް ބޮޑަށް ދެކެން ބޭނުންވާ ދުވަހެކެވެ.

ފައިސަލް ވިދާޅުވީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށްދޭނީ މި ސަރުކާރުން ކަމަށެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހޮސްޕިޓަލް ތަރައްގީ ކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ކުޅިވަޅު ވަސީލަތް އަދި އެހެނިހެން އިގުތިސޯދީ މަޝްރޫއުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅިވިއެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިވަގުތު އޮތީ ލ. އަތޮޅުގައި ކަމަށް ވުމުން ލ. އަތޮޅުގެ ތަރައްގީވާނެ ކަމާމެދު ޔަގީންކަން އެބައޮތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރާނީ ވެސް މި ސަރުކާރުން ކަމަށާއި އެކަން ކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވެސް ދަނީ ފޮރިން އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް ލ. އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

ސިިޓީއަކުން ލިބޭޭނެ ހުރިހާ ހިދުމަތެއް އެ ދެ ރަށުގައިވެސް ގާއިމްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީވެފައި އޮތް ސިޓީއަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގައި،” ވިދާޅުވިއެވެ.

ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށްވެސް ސަރުކާރުން ގިނަ ކަންތައްތަކެއް ރާއްވަވާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.



More from Huvadhoo News