ފެހުރިހި ޖެހި ޗާލު 1000ގެ ނޫޓަށް ގިނަ ބައެއްގެ ސަމާލުކަން!

Thu, 09 May 2024 11:37 AM

View on this article on Huvadhoo News

ފެހުރިހި ޖެހި ޗާލު 1000ގެ ނޫޓަށް ގިނަ ބައެއްގެ ސަމާލުކަން!

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ދިވެހި ފައިސާގެ ނޫޓު ސީރީސް “ރަންދިހަ ފަހެއް”ގައި ހިމެނޭ 1،000ރ. ގެ ނޫޓަށް ޓޫރިސްޓުންނާއި ޓިކްޓޮކުގައި އުޅޭ މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިިއްޖެ އެވެ.



ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓިކްޓޮކުގައި ރާއްޖޭގެ 1000 ރުފިޔާގެ ނޫޓު ޓްރެންޑު ވަމުން އަންނައިރު ވަރަށް ގިނަ ބަޔަކު އަންނަނީ މި ނޫޓަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ. މި ނޫޓުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޓިކްޓޮކާއި އިންސްޓަގްރާމްގައި ޝެއާކޮށް ހަދާއިރު ކޮމެންޓު ކުރާ ގިނަ ބަޔަކުވެސް ބުނަމުން ދަނީ މިއީ އެމީހުން ދުށް އެންމެ ރީތި ރުފިޔާ ނޫޓު ކަމަށެވެ. މިގޮތަށް ޝެއާކޮށްފައި ހުރި ވީޑިއޯތަކަށް މިލިއަނުން ވަނީ ލައިކާއި ވިއުސް ލިބިފައެވެ.

ދިވެހި ރުފިޔާގެ 1000 ނޫޓުގެ މައިގަނޑު މައުލޫއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. ފެހުރިހީގެ ބުރަކަށިމަތީގައި ހުންނަ ޕެޓާން އިން ހަދާފައިވާ ޑިޒައިނަކުން ފެނިގެންދަނީ ކަނޑުފަޅުގެ މުއްސަނދިކަމާއި ދޮންވެލި ގޮނޑުދޮށާއި ގުދުރަތީ ރީތިކަމެވެ. އެ ނޫޓުގެ އެއްފަރާތުން ވެލައާ އާއި އެންމަޑީގެ މަގުބޫލުކަން ދައްކުވައިދޭއިރު އަނެއް ފަރާތުގައި ދައްކުވައިދެނީ ފެހުރިއްސެކެވެ.

ދިވެހި ރުފިޔާގެ ނޫޓަށް ބޭރު މީހުންގެ ސަމާލުކަން ލިބެމުން އަންނައިރު މި ނޫޓަށް ވަނީ މީގެ ކުރިން ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ވެސް ލިބިފައެވެ. ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނޫޓުތަކުގެ ތެރެއިން ހުރިހާ ގޮތަކުން ވެސް އެންމެ ފާހަގަ ކޮށްލެވޭ ފައިސާ ނޫޓްތަކުގެ ތެރެއިން ދެވަނަ ރާއްޖޭގެ 1،000 ރުފިޔާގެ ނޫޓަށް ވަނީ 2017 ވަނަ އަހަރު ލިބިފައެވެ. އިންޓަނޭޝަނަލް ބޭންކްނޫޓް ސޮސައިޓީ (އައިބީއެންއެސް)ގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ކޮންމެ އަހަރަކު ދޭ އަހަރުގެ ފައިސާ ނޫޓުގެ އެވޯޑުގެ ދެވަނަ 2017 ވަނަ އަހަރުގެ ރާއްޖޭގެ 1000 ރުފިޔާގެ ފައިސާނޫޓަށް ލިބިފައިވަނީ، އެ އެވޯޑަށް ނޮމިނޭޓްވި 18 ގައުމެއްގެ ފައިސާ ނޫޓާ ވާދަކޮށެވެ.

ރާއްޖޭގައި ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި ދިވެހި ޒުވާނެއް ކަމަށްވާ އަބްދުﷲ ނަޝާތު ޑިޒައިން ކުރި “ރަންދިހަފަހެއް” ސީރީސްގެ ޕޮލިމާ ނޫޓުތައް ބޭނުންކުރަން ފެށީ 2015ގަ އެވެ.



More from Huvadhoo News