މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ހަށިގަނޑު ތެރޭގައި ފޮރުވައިގެން އުޅުނު ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެގެސް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އެއީ ފުލުހުން ރޭ މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް ޝައްކުކުރެވިގެން ހުއްޓުވި މީހެއްކަމަށެވެ.
އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ދިރުވާލައިގެން އުޅެނީ ކިތައް ބުލެޓްކަމެއް އަދި ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ހުރި ބުލެޓްތަކެއްކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.
The post މަސްތުވާތަކެތި ހުރި ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދެނީ appeared first on Furathama.