ގެއްލުނު މީހާ ކޮޅުވެއްޓީގެ ދަށުން ފެނިއްޖެ

Tue, 30 Apr 2024 10:54 AM

View on this article on Furathama

ގެއްލުނު މީހާ ކޮޅުވެއްޓީގެ ދަށުން ފެނިއްޖެ

ރ.ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ރޭގެ ވަގުތެއްގައި ބަނޑުން ޖަހާލި “ލިއޯ ޕާލް” ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު އެ ކޮޅުވެއްޓީގެ ދަށުގައި އޮއްވައި ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިއްޖެއެވެ.



އެމްއެންޑީއެފް އިން ބުނިގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނު އިރު އެއްވެސް ހަރަކާތެއް ނެތެވެ. އަދި އެ މީހާގެ ހަށިގަނޑު މިހާރު ކ.ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ކޮޅުވެއްޓިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު “ސީއެމްބިއުލޭންސް 21” އަށް ނަގާފައެވެ.

މި ދުވަސް ކޮޅަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ.

The post ގެއްލުނު މީހާ ކޮޅުވެއްޓީގެ ދަށުން ފެނިއްޖެ appeared first on Furathama.



More from Furathama