ރޯދަ މަސް ބޮޑު ބަންދާ ދިމާވާ ގޮތަށް ދިރާސީ ކަލަންޑަރު ބަދަލުކޮށްފި

Tue, 30 Apr 2024 08:06 AM

View on this article on Furathama

ރޯދަ މަސް ބޮޑު ބަންދާ ދިމާވާ ގޮތަށް ދިރާސީ ކަލަންޑަރު ބަދަލުކޮށްފި

އަންނަ ދިރާސީ އަހަރު 2024/2025 ގެ ސްކޫލްތަކުގެ ބޮޑު ބަންދު ރޯދަމަހާއި ދިމާވާ ގޮތަށް ދިރާސީ ކަލަންޑަރަށް ބަދަލުގެނެސްފިއެވެ.



މިހާރު އޮތް ގޮތުން މިހާރު ހިނގަމުންމިދާ ދިރާސީ އަހަރު އަންނަ ބުރާސްފަތި ދުވަހު ނިމޭނެއެވެ. އަދި އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. 

އައު ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނަ މެއި މަހު ފަށާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމްގެ ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވޭނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، އެޓާމްގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. 

ސްކޫލްތަކުގެ ބޮޑު ބަންދު މާރޗް 9 ވަނަ ދުވަހު ފަށާގޮތަށް އޮތްއިރު، ބަންދު ނިމި ދިރާސީ އަނެއް އަހަރު ފެށޭނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު އަންނަ އަހަރުގެ ބޮޑު ބަންދު ފެށޭނީ ރޯދަ މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ރޯދަމަހުގެ ފަހު 10 ގެ ބަންދާއި، ފިތުރު ޢީދު ބަންދުވެސް ވަންނާނީ ސްކޫލް ބަންދުގެ ތެރެއަށެވެ.

ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހަށް ބަދަލުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. 

މީގެކުރިން ދިރާސީ އައު އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަތުރުވެރިކަމުގައި ދާއިރާގެ އެންމެ ޕީކު ދުވަސްވަރާ ދިމާވާތީ އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެދުމުގައި މަތިން މިދިިޔަ ސަރުކާރުން ވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ އޮގަސްޓްމަހަށް ދިމާވާ ގޮތަށް ބަދަލުކޮށްފައެވެ.  

The post ރޯދަ މަސް ބޮޑު ބަންދާ ދިމާވާ ގޮތަށް ދިރާސީ ކަލަންޑަރު ބަދަލުކޮށްފި appeared first on Furathama.



More from Furathama