ބައި-އިލެކްޝަންގެ 6 ގޮނޑިން 4 ގޮޑި ސަރުކާރަށް

Sun, 05 May 2024 07:40 AM

View on this article on Furathama

ބައި-އިލެކްޝަންގެ 6 ގޮނޑިން 4 ގޮޑި ސަރުކާރަށް

ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކައުންސިލަރުން އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި 4 ރަށެއްގެ ބައި-އިލެކްޝަން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބައި-އިލެކްޝަންތައް ބާއްވާފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ.ލަންދޫ، ނ.ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށެވެ.

އިއްޔެ ކުރިއަށްގެންދިޔަ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މ.މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި މުޙައްމަދު ޢާޒިމް ޢަލީއެވެ.

މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ ހއ.އުތީމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އާއި، ނ.ވެލިދޫ ކައުންސިލް މެންރުކަމުގެ ގޮނޑީގެ އިތުރުން ހއ.ތަކަންދޫ އާއި، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕީއެންސީން ވާދަކޮށް ބައި-އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:



  • ހއ. އުތީމު ކައުންސިލްގެ މެންބަރުކަމަށް، އިބްރާހީމް ސުނާން
  • ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަމަށް، ޢަބްދުﷲ އަބްދުއްރައްޒާޤު
  • ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެބަރުކަމަށް، ސަމީނާ މުޙައްމަދު
  • ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް، ޢާއިޝަތު ސަމްހާ


މި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ނ.ލަންދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑިއެވެ. ޕީއެންސީގެ ކެނޑިޑޭޓާ ވާދަކޮށް އެގޮނޑިއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފްއެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓްލުމަށް 11 ފޮށި ބެހެއްޓުނުއިރު، މާލޭގައި ވޯޓުލުމަށް 3 ފޮށި އަދި ރަށްރަށުގައި 8 ފޮށި ބެހެއްޓިއެވެ. ވެލިދޫގައި 3 ވޯޓް ފޮށި ބެހެއްޓިއިރު، އެހެން ކޮންމެ ރަށެއްގައިވެސް ބައްހައްޓާފައިވަނީ 1 ފޮއްޓެވެ. މިބައި-އިލެކްޝަންގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވަނީ 5،267 މީހުންނަށެވެ.

The post ބައި-އިލެކްޝަންގެ 6 ގޮނޑިން 4 ގޮޑި ސަރުކާރަށް appeared first on Furathama.



More from Furathama