ކުޅުދުއްފުށީ ދެ ގޮނޑިވެސް ސަރުކާރަށް

Mon, 22 Apr 2024 07:52 AM

View on this article on Furathama

ކުޅުދުއްފުށީ ދެ ގޮނޑިވެސް ސަރުކާރަށް

އިއްޔެ ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެ ގޮނޑިވެސް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދެ ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ.



އިދިކޮޅު އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ދެވަނަ ދައުރަކަށް ހޯއްދެވުމަށް ވާދަކުރެއްވި މިހާރުގެ މެމްބަރު ޔާސިރު ޢަބުދުލް ލަތީފްގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރ މުޙައްމަދު ދާއޫދެވެ. މިވަގުތާ ހަމައަށް އޭނާ 1574 ވޯޓް ހޯއްދަވާފައިވާއިރު، ޔާސިރުއަށް ލިބވަޑައިގެންފައިވަނީ 1026 ވޯޓެވެ.

އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ކުރީގެ ތޮއްޑޫ ދާއިރާގެ މެމްބަރ އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށް މިހާތަނަށް 1136 ވޯޓް ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ފަރުހަތު މުޙައްމަދު ވަނީ 1228 ވޯޓް ހޯއްދަވާފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން 70 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަނީ ވެރިކަންކުރާ ޕީއެންސީ އިން ހޯދާފައެވެ.

The post ކުޅުދުއްފުށީ ދެ ގޮނޑިވެސް ސަރުކާރަށް appeared first on Furathama.



More from Furathama