ޔާމީނަށް ކުރި 4 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް, އަލުން މައްސަލަ ބަލަން އަމުރުކޮށްފި

Thu, 18 Apr 2024 06:36 PM

View on this article on Furathama

ޔާމީނަށް ކުރި 4 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް, އަލުން މައްސަލަ ބަލަން އަމުރުކޮށްފި

މަނީ ލޯންޑަރ ކުރުމާއި، ރިޝްވަތު ގަބޫލްކުރުމުގެ ކުށުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފިއެވެ.



ވ.އާރަށް މައްސަލާގައި ރިޝްވަތާއި، މަނީ ލޯންޑަރގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޑިސެމްބަރު 2022 ގައެވެ.

ދަށު ކޯޓްގެ ހުކުމް ބާތިލްކޮށް އަލުން ބެލުމަށް ހުކުމްކުރީ ހައި ކޯޓްގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުޙައްމަދާއި، ފަނޑިޔާރު ޙަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ. ބެންޗްގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާއެވެ.

ހައި ކޯޓްގެ ތިން ފަނޑިޔާރުންގެ މިއަދު ކުރި ހުކުމްގައި ބުނެފައިވާގޮތުގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ޙައްޤުތަކެއް ވަނީ ގެއްލިގެން ގޮސްފައެވެ. އަދި ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދަޢުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ގޯސް ކަމަށް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. 

The post ޔާމީނަށް ކުރި 4 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް, އަލުން މައްސަލަ ބަލަން އަމުރުކޮށްފި appeared first on Furathama.



More from Furathama