ޔާމީނަށް ކުރި 7 އަހަރުގެ ޖަލު ހުކުމްވެސް ބާތިލްކޮށްފި

Fri, 19 Apr 2024 06:39 AM

View on this article on Furathama

ޔާމީނަށް ކުރި 7 އަހަރުގެ ޖަލު ހުކުމްވެސް ބާތިލްކޮށްފި

މަނީ ލޯންޑަރ ކުރުމާއި، ރިޝްވަތު ގަބޫލްކުރުމުގެ ކުށުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން މަނީ ލޯންޑަރ ކުރުމުގެ ކުށުގައި އިއްވި 7 އަހަރުގެ ޖަލު ހުކުމްވެސް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފިއެވެ.



ހައި ކޯޓުން މިރޭ ކުރި ހުކުމުގައިވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކަމަށް ވާއިރު، ރިޝްވަތު މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް ނެތިގެންދާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބައެއް ފުރުސަތު ގެއްލި، ބައެއް ހައްގުތައް ގެއްލިގެން ގޮސްފައިވެ އެވެ. 

އެހެންކަމުން އެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކުރީ ކަމަށް ހުކުމްގައި ވެއެވެ.

ޔާމީނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.

The post ޔާމީނަށް ކުރި 7 އަހަރުގެ ޖަލު ހުކުމްވެސް ބާތިލްކޮށްފި appeared first on Furathama.



More from Furathama