ޗީފް އޮފް ޑިފެންސް ފޯސް ގެ މަޤާމަށް ޙިލްމީ

Thu, 18 Apr 2024 03:20 PM

View on this article on Furathama

ޗީފް އޮފް ޑިފެންސް ފޯސް ގެ މަޤާމަށް ޙިލްމީ

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމްގައި ހުންނެވި ދަފްތަރު. ނަންބަރު ރސ 5012، މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް، މިއަދު ޢައްޔަންކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާ ގުޅިގެންނެވެ.

މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މީގެ އިތުރުން ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ޢައްޔަންކުރައްވާފައެވެ.

The post ޗީފް އޮފް ޑިފެންސް ފޯސް ގެ މަޤާމަށް ޙިލްމީ appeared first on Furathama.



More from Furathama