ފަރޭ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލީ ބަޔަކު ގަސްތުގައި

Tue, 16 Apr 2024 01:50 PM

View on this article on Furathama

ފަރޭ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލީ ބަޔަކު ގަސްތުގައި

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓް ފަރުހަތު މުޙައްމަދުގެ ކެމްޕެއިން އޮފީހުގައި ބަޔަކު އަލިފާން ރޯކޮށްލައިފިއެވެ.



ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި އެ ތަނުގައި އަލިފާން ރޯކޮށްލީ ދެ މީހަކު ވެގެންނެވެ. ވިއްސާރަ ކޯޓް ލައިގެން ތިބި އެ ދެ މީހުން އަލިފާން ރޯކޮށްލުމަށްޓަކައި އެ އޮފީހަށް ވަންނަނީ ރޭ 3:49 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ފުރަތަމަ” އަށް ވިދާޅުވީ ކުޅުދުއްފުށީ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓެއްގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރޭ ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެ ތަނުގައި ހުރި ކޮމްޕިއުޓަރ ސިސްޓަމްތަކަށާއި، ތަކެއްޗަށް ގެއްލުން ލިބިފައިވަކަމަށްވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ތިބޭ ފަޔަރ ފައިޓަރުން ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.

ފުލުހުން ދަނީ މި ހާދިސާ ތަޙްޤީޤް ކުރަމުންނެވެ.

The post ފަރޭ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލީ ބަޔަކު ގަސްތުގައި appeared first on Furathama.



More from Furathama