ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ ކެނޑިޑޭޓްގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Tue, 16 Apr 2024 09:13 AM

View on this article on Furathama

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ ކެނޑިޑޭޓްގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓް ފަރުހަތު މުޙައްމަދުގެ ކެމްޕެއިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.



ފުލުހުންގެ މީޑިއާ އޮފިޝަލް “ފުރަތަމަ” އަށް ވިދާޅުވީ ކުޅުދުއްފުށީ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓެއްގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރޭ ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެ ތަނުގައި ހުރި ކޮމްޕިއުޓަރ ސިސްޓަމްތަކަށާއި، ތަކެއްޗަށް ގެއްލުން ލިބިފައިވަކަމަށްވެސް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 3:30 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައެވެ.

ކުޅުދުއްފުށީގައި ތިބޭ ފަޔަރ ފައިޓަރުން ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.

ފުލުހުން ދަނީ މި ހާދިސާ ތަޙްޤީޤް ކުރަމުންނެވެ.

The post ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ ކެނޑިޑޭޓްގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި appeared first on Furathama.



More from Furathama