މިސްކިތެއް އެޅުމަށް ހަދިޔާކުރި ބިހަކަށް 2 ލައްކަ ރުޕީސް

Mon, 15 Apr 2024 12:34 AM

View on this article on Furathama

މިސްކިތެއް އެޅުމަށް ހަދިޔާކުރި ބިހަކަށް 2 ލައްކަ ރުޕީސް

ކަޝްމީރުގެ އަވަށެއްގައި މިސްކިތެއް އެޅުމަށް އެހީ ހޯދަމުން ދަނިކޮށް ނިކަމެތި މީހަކު ހަދިޔާކުރި ކުކުޅު ބިހަކަށް 2 ލައްކަ ރުޕީސް ނީލަމުގައި ލިބިއްޖެއެވެ.



ރިޕޯޓްތައް ބުނާ ގޮތުގައި މަލްޕޯރާ އަވަށުގައި މިސްކިތެއް އެޅުމަށް ރައްޔިތުން ފައިސާއާއި، ތަކެތި ހަދިޔާ ކުރަން ފެށުމުން ނިކަމެތި މީހަކު ވަނީ މިސްކިތަށް ކުކުޅު ބިހެއް ހަދިޔާކޮށްފައެވެ. މިސްކިތުގެ ކޮމެޓީން އެ ބިސް ބަލައިގަނެ، އެ ބާވަތުގެ އެހެން ހަދިޔާތަކެކޭ އެއްފަދައިން އެ ބިސް ލާފައިވަނީ ނީލަމަށެވެ.

އެ ނިކަމެތި މީހާގެ ހަދިޔާ ވެގެން ދިޔައީ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު ޝައުގުވެރިކަމެއްގެ ގޮތުގައެވެ.

އެ ބިސް ނީލަމުން ގަންނަ ކޮންމެ މިހަކުވެސް ފައިސާ މިސްކިތް އަޅަން ހަދިޔާކުރުމަށްފަހު އަނބުރާ ބިސް ނީލަމަށް ހަދިޔާކުރީއެވެ.

ފިތުރު ޢީދު ދުވަހު ބިސް ނީލަމަށް ނެރުމަށް ނިންމީ ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ހީކޮށްގެންނެވެ. ނީލަމުގެ އެންމެ ފުރަތަމަ ދުވަހު އެ ބިހަށް ލިބުނީ 1.48 ލައްކަ ރުޕީސްއެވެ. އޭގެ ތިން ދުވަސް ފަހުން އެންމެ ފަހުން ބިސް ގަތީ 70،000 ރުފިޔާއަށެވެ. އެ ބިސް ވަނީ 60 އަށްވުރެ ގިނަ މީހުން ނީލަމުން ގަނެފައެވެ. އެންމެ ފަހުން ވިއްކި 70،000 ރުޕީސް ހިމެނޭ ގޮތަށް ޖުމްލަ 226640 ރުޕީސް އެ ބިހަށް ލިބިފައިވެއެވެ.

.

The post މިސްކިތެއް އެޅުމަށް ހަދިޔާކުރި ބިހަކަށް 2 ލައްކަ ރުޕީސް appeared first on Furathama.



More from Furathama