ކޯވިޑް ލޯނުގެ އިންޓަރެސްޓް މަޢާފްކުރަން ނިންމައިފި

Fri, 12 Apr 2024 12:21 AM

View on this article on Furathama

ކޯވިޑް ލޯނުގެ އިންޓަރެސްޓް މަޢާފްކުރަން ނިންމައިފި

ކޯވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވި ދަތިތަކަން ފިލުވުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކަށް އެރި އިންޓްރެސްޓް މަޢާފް ކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މިހެން ވިދާޅުވީ ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެ ލޯންތަކުގެ އިންޓަރެސްޓް އަރަމުންގޮސް މިހާރު ނުކަތާ ހިސާބަށް ގޮސްފައިވާކަމަށެވެ. ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވުމުން، ކޯވިޑް ލޯންގެ އިންޓަރެސްޓް މަޢާފްކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެޗްޑީއެފްސީ ބޭންކަށް އެޕްލައިކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަކޮށްފައި އެގްރީމެންޓް ހެދީމަ ލޯނު މާފުވާނެ. އިންޓްރެސްޓް މާފުވާނެ” ރައީސް ވިދާޅުވިއެވެ.

The post ކޯވިޑް ލޯނުގެ އިންޓަރެސްޓް މަޢާފްކުރަން ނިންމައިފި appeared first on Furathama.



More from Furathama