ބަދިގެ: ދަނޑިއަލުވި ބޯކިބާ

Fri, 29 Mar 2024 12:47 PM

View on this article on Furathama

ބަދިގެ: ދަނޑިއަލުވި ބޯކިބާ

ދަނޑިއަލުވި ބޯކިބަލަކީ އަހަރެމެން ދިވެހީންގެތެރޭ ވަރަށް މަޝްހޫރު އެހާމެ ފަސޭހަކޮށް ހަދާލެވޭ މީރު ބޯކިބަލެކެވެ.



ބޭނުންވާ ތަކެތި:

2 ޖޯޑު ގާނާފައިހުރި ދަނޑިއަލުވި (6 އިންޗީގެ ދަނޑިއަލުވި ބުރިއެއް)

2 ޖޯޑު ގަބުޅި (4 ގަބުޅި)

1 ޖޯޑު ހަކުރު

2 ސައިސަމުސާ ރޯސްވޯޓަރ

ހަދާނެގޮތް:

ދަނޑިއަލުވި ގާނާށެވެ.

ގަބުޅި ފަޅާލާފައި މިކްސަރަށް އަޅާށެވެ. މިކްސަރު ޖައްސައިގެން ގޭނި ދަނޑިއަލުވިއާއި އެއް ސައިޒަކަށް ހުންނާނެވަރަށް ގަބުޅި މުގުރާށެވެ.

އަވަން 175 ޑިގްރީސް ސެލްސިއަސްއަށް ހޫނު ކުރަން ޖައްސާށެވެ.

ތެޔޮ ކޮޅެއް އުނގުޅައިގެން ނޫނީ ފޮއިލް އަޅައިގެން ބޯކިބާ ފިހަން ބޭނުން ކުރާނެ ޓްރޭ ތައްޔާރު ކުރާށެވެ.

ދަނޑިއަލުވި އަދި ގަބުޅި ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ހަކުރާއި ރޯޒްވޯޓަރވެސް އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވާނެ ވަރަށް އަތުން މޮޑެލާށެވެ. އޮމާން ކޮށް ބޯކިބާ ބަހައްޓަން ބޭނުންވާނަމަ މިކްސަރަށް އަޅާ ކުޑަކޮށް ޖައްސާލެވިވެސް ދާނެއެވެ.

އެއްކުރި ސާމާނު ތައްޔާރު ކުރި ޓްރޭއަށް އަޅާށެވެ.

ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން ފިހާށެވެ. ފިހާނީ މައްޗަށް ރަންކުލަ އަރައި ތަބަކުގެ އަރިމަތިތަކުން ބޯކިބާ ނެއްޓެންދެނެވެ. އަހަރުމެންގެ ބޯކިބާ ފިހެވުނީ 50 މިނެޓުންނެވެ. އެކަމަކު އެކި އަވަނުން ފިހެވޭލެއް ތަފާތު ވާނެއެވެ.

ބޯކިބާ ފިހެވުނީމައި އަވަނުން ނަގާށެވެ. އަދި އެއްކޮށް ހިހޫ ވަންދެން ޓްރޭގައި ބާއްވާށެވެ.

އެއްކޮށް ހިހޫވީމައި ޓްރޭއިން ނަގާ ފޮތިކޮށްލާށެވެ.

The post ބަދިގެ: ދަނޑިއަލުވި ބޯކިބާ appeared first on Furathama.



More from Furathama