ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު ޖަރުމަނު 2 މީހުން ހައްޔަރުކޮށްފި

Wed, 27 Mar 2024 03:18 PM

View on this article on Furathama

ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު ޖަރުމަނު 2 މީހުން ހައްޔަރުކޮށްފި

ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.



އެ ދެމީހުން ހުޅުމާލެ ފޭސް 2 ގައި ހުރި މެއިލް ބޮކްސްތަކަށް ނަސޯރާ ދީނުގެ ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި ހުރި ވެބްސައިޓްތަކުގެ ލިންކް ހިމެނޭ ބިޒްނަސް ކާޑުތަކެއް އަޅާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ މީހުން ހުޅުމާލޭ ފޭސް 2 ގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ. “މި ފަރާތްތައްތިބީ ފުލުހުންގެ ހައްޔަރުގައި. މައްސަލަދަނީ ތަޙްގީޤް ކުރަމުން. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަމުގައި ހަޤީގަތާ ޚިލާފް ޚަބަރު ނުފެތުރުން އެދެން” އަދި މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަށް ރައްދުދެއްވަމުން އެކްސްގައި ފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އެ ދެ މީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ މީހުންނެވެ.

The post ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު ޖަރުމަނު 2 މީހުން ހައްޔަރުކޮށްފި appeared first on Furathama.



More from Furathama