މަޖިލިހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީއިން ފާސްކޮށްފި

Tue, 06 Jun 2023 03:03 PM

View on this article on Furathama

މަޖިލިހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީއިން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.

އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި މިއަދު މެންދުރު 12:30 ހާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ 110 ވަނަ ބައްދަލުވުމުގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި 56 މެމްބަރުން ތިއްބަވާ އިރު، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރިޔާސަތާ އެކުގައި 42 މެމްބަރުންނެވެ. އޭގެ ތެރެއިން 36 މެމްބަރުން ވޯޓު ދެއްވާފައި ވަނީ މަޖިލިހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށްޓަކައި މަޖިލިހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާށެވެ.

އެގޮތައް ފާސްކުރީ މަޖިލީހުގައި ރިޔާސަތުގައި އިންނަވައިގެން ނަޝީދު މި ފަހުގެ ތާރީޚްތަކުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތާމެދު ޕާލިމަންޓްރީ ގްރޫޕްގެ ބޮޑު ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

”އެނގިވަޑައިގަންނަވާނެ ފަހުގެ ތާރީޚްތަކުގައި މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް ޢަމަލު ކުރައްވަމުން ގެންދަވާގޮތާމެދު މެންބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑު، ޚާއްޞަކޮށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ތަކުރާރުކޮށް ގެންދެވީ އެކަން ފާހަގަ ކުރައްވަމުން” އަސްލަމް ވިދާޅުވިއެވެ.

The post މަޖިލިހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީއިން ފާސްކޮށްފި appeared first on Furathama.



More from Furathama