ކޮވިޑާ ކުރިމަތިލާން ނުޖެހުނު ނަމަ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައެއް ހުންނާނީ ބޮޑުކުރެވިފައި: ރައީސް

Mon, 05 Jun 2023 12:47 AM

View on this article on Furathama

ކޮވިޑާ ކުރިމަތިލާން ނުޖެހުނު ނަމަ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައެއް ހުންނާނީ ބޮޑުކުރެވިފައި: ރައީސް

ރާއްޖެއިން ކޮވިޑާ ކުރިމަތިލާން ނުޖެހުނު ނަމަ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައެއް ބޮޑުކުރެވުނީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އައްޑޫއަށް ގެންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ، ސަރުކާރު ހިންގަން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ އެންމެ ދެ އަހަރު ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމާ ކުރިމަތިލާން ނުޖެހުނު ނަމަ، ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މިހާރު ހުންނާނީ ހެޔޮ، ބޮޑު ބަދަލެއް އައިސްފައި ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމާ އެކުވެސް ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައި، ނިންމާފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ކުރަން ހުންނާނީ ވަރަށް މަދު ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި އެމަނިކުފާނުގެ މައިގަނޑު އަމާޒަކަށް ވާނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި މިހާރު އޮތް ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމުކުރުން ކަމަށެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އައްޑޫއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ.

The post ކޮވިޑާ ކުރިމަތިލާން ނުޖެހުނު ނަމަ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައެއް ހުންނާނީ ބޮޑުކުރެވިފައި: ރައީސް appeared first on Furathama.



More from Furathama