ނައީމާ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދަށް 30 ދުވަސް

Mon, 29 May 2023 05:51 PM

View on this article on Furathama

ނައީމާ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދަށް 30 ދުވަސް

ނ. މަނަދޫގައި އުމުރުން 62 އަހަރުގެ ނައީމާ މޫސާ މަރާލި މައްސަލައިގެ ތުހުމަތުގައި އިއްޔެ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވަނީ ހަސަން ފަވާޒް، 21އ، އެވެ.

ފުލުހުން މިއަދު ބުނީ ނައީމާގެ މަރުގެ މައްސަލައިގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ދެ މީހުންނަކީ މަނަދުއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ ރިފާޝް އަބޫބަކުރު، 21އ، އާއި އަހުޒަމް އަބްދުއްޝަކޫރު، 23އ، އެވެ. އެމީހުން ހައްޔަރުކޮށް ފުލުހުން ވަނީ ނައިމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅިއާއި އެމީހުން ލައިގެން ތިބި އަންނައުނުގެ އިތުރު އެމީހުން ދުއްވި ކާރު ވެސް ހޯދައިފައެވެ.

The post ނައީމާ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދަށް 30 ދުވަސް appeared first on Furathama.



More from Furathama