ގއ.އަތޮޅު ފަޅުރަށެއްގައި ރައްކާކޮށްފައި ހުރި މަސްތުވާ އެއްޗެހިތަކެއް ހޯދައިފި

Mon, 21 Oct 2024 11:22 PM

View on this article on Furathama

ގއ.އަތޮޅު ފަޅުރަށެއްގައި ރައްކާކޮށްފައި ހުރި މަސްތުވާ އެއްޗެހިތަކެއް ހޯދައިފި

ގއ.އަތޮޅު ފަޅުރަށެއްގައި ރައްކާކޮށްފައި ހުރި މަސްތުވާ އެއްޗެހިތަކެއް ފުލުހުން ހޯދައިފިއެވެ.



ފުލުހުން ބުނީ ގއ.އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ. 

The post ގއ.އަތޮޅު ފަޅުރަށެއްގައި ރައްކާކޮށްފައި ހުރި މަސްތުވާ އެއްޗެހިތަކެއް ހޯދައިފި appeared first on Furathama.



More from Furathama