ސައުދީގެ ދެ ލޯބިވެރިން ރަތް ކަނޑުގެ އަޑީގައި ކައިވެނިކޮށްފި

Mon, 21 Oct 2024 12:10 PM

View on this article on Furathama

ސައުދީގެ ދެ ލޯބިވެރިން ރަތް ކަނޑުގެ އަޑީގައި ކައިވެނިކޮށްފި

ސައުދީ އަރަބިއްޔާގެ ދެ ލޯބިވެރިން ރަތް ކަނޑުގެ އަޑީގައި ކައިވެނިކޮށްފިއެވެ.



ތަފާތު ތަންތަނުގައި ތަފާތު ގޮތްގޮތަށް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމަށް ގިނަ ބަޔަކު ސަމާލުކަން ދެމުން އަންނައިރު، ހަސަން އަބޫ އަލްއޮލާ އާއި، ޔާސްމީން ދަފްތަރުދާރު ވަނީ ޖިއްދާގެ އައްސޭރީގައި އޮންނަ ރަތް ކަނޑުގެ ރީތި މުރަކަތަކާއި، ކަނޑުގެ ދިރުންތަކުގެ ތެރޭގައި އެމީހުންގެ ލޯބީގެ ގޮށްޖަހާފައެވެ.

މިއީ ސައުދީ އަރަބިއްޔާގައި ކަނޑުއަޑީގައި ކުރި ފުރަތަމަ ކައިވެނިކަމަށް ގަލްފް ނިއުސް އިން ވަނީ ރިޕޯޓުކޮށްފައެވެ. މި ހަރަކާތުގައި އެ މީހުންގެ އެކުވެރި ޑައިވަރުންގެ ކުޑަ ގްރޫޕަކުން ބައިވެރިވެފައިވާއިރު، ގަލްފް ނިއުސްއިން ބުނިގޮތުގައި އެއީ ކެޕްޓަން ފައިސަލް ފްލެމްބަން އިސްކޮށް ހުރެގެން އިންތިޒާމްކުރި ލޯކަލް ޑައިވިން ގްރޫޕް ސައުދީ ޑައިވަރސް އިންތިޒާމްކުރި ހަރަކާތެކެވެ. ސައުދީ ޑައިވަރސްގެ ޓީމުން ވަނީ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދީ، ބޭނުންވާ ގިއާ ފޯރުކޮށްދީ، ކަނޑުއަޑީގައި ސަޕްރައިޒް ސެލެބްރޭޝަނެއް އޯކޭސްޓްރޭޓްކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ދެމަފިރިންނަކީ ޑައިވްކުރުމަށް ޝައުގުވެރިވާ ދެމަފިރިން ކަމަށާއި ކަނޑުއަޑީގައި ކައިވެނިކުރަން އިޚްތިޔާރުކުރި ސަބަބަކީ އެއީކަމަށްވެސް އެ ދެމަފިރިން ބުންޏެވެ.

The post ސައުދީގެ ދެ ލޯބިވެރިން ރަތް ކަނޑުގެ އަޑީގައި ކައިވެނިކޮށްފި appeared first on Furathama.



More from Furathama