ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަނީ

Mon, 21 Oct 2024 04:30 PM

View on this article on Furathama

ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަނީ

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.



ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (މ، ފ، ދ، ތ އަދި ލ. އަތޮޅު) ރަށެއްގައި ހިނގާފައިވާ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރ 17 ވަނަ ދުވަހުއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ފިރިހެން ޓީޗަރު ވަނީ ފިރިހެން ދަރިވަރުންތަކަކަށް އުމުރާ ނުގުޅޭ މެސެޖްތަކާއި، އެފަދަ މަޢުލޫމާތު ހިމެނޭ ލިންކްތައް ފޮނުވާފައެވެ. އަދި މިކަން ސަމާލުކަމަށް އައިސްފައިވަނީ އެތަނުން ދަރިވަރަކަށް ޖިންސީ ގޯނާ ކުރަން އުޅުމުން އެ ދަރިވަރު އެކަން ރިޕޯޓް ކުރުމުންނެވެ.

މި މައްސަލަ ތަޙްޤީޤް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

The post ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަނީ appeared first on Furathama.



More from Furathama