ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކްސިޑެންޓްވީ މީހުން ވަނީ ފިލާފައި

Mon, 21 Oct 2024 10:56 AM

View on this article on Furathama

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކްސިޑެންޓްވީ މީހުން ވަނީ ފިލާފައި

ކުޅުދުއްފުށި ސީޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.



މި އެކްސިޑެންޓް ހިނގާފައިވަނީ މި އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓް ހިނގީ އެ ސިޓީގެ ހޭނަކަތާ ހިނގުމުން (ޖަލާލުއްދީން ސްކޫލްގެ އުތުރުން އޮންނަ މަގު) ބާރު ސްޕީޑްގައި އިރަށް ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ކުރިމަށްޗަށް ހުރި “ފަންދު” ކިޔާގޭގެ އިންފާރު ވައްޓާލާފައި ގޯތިތެރެއަށް ވަދެގެންނެވެ. އެ ފާރަކީ ސިމެންތި ގަލުން ރާނައި، އަދި ސިމެންތި ނުޖަހާ ހުރި ފާރެކެވެ.

އެކްސިޑެންޓްވީ މީހުން ވަނީ އެ ސަރަހައްދުން ފިލައިގެން ގޮސްފައެވެ.

“ފުރަތަމަ” ނޫހުން މިހާތަނަށް ބެލިބެލުމުން އެނގުންގޮތުގައި އެކްސިޑެންޓްވެފައި ވަނީ ހޮންޑާ މޫވް ސައިކަލެކެވެ. އެ ވަގުތު ސައިކަލްގައި ތިބީ ދެ ފިރިހެނުންނެވެ. އަދި ސައިކަލްގެ ފަހަތުގައި އިން މީހާގެ ބޮލުގައި އިސްތަށްޓެއް ނެތެވެ.

އަލިވިލުން އިރު އެ ސަރަހައްދުގައި ގިނަ އަދަދަކަށް ލޭހުރިނަމަވެސް އެފަދަ އެކްޝިޑެންޓަކުން އަނިޔާވެގެން ކަމަށް ބެލެވޭ މީހަކު މިވަގުތާ ހިސާބަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައެއް ނުވެއެވެ.

މި އެކްސިޑެންޓް ފުލުހަށް ރިޕޯޓްކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއްނުވެއެވެ.

The post ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކްސިޑެންޓްވީ މީހުން ވަނީ ފިލާފައި appeared first on Furathama.



More from Furathama