ބެންކޮކުން އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

Sun, 20 Oct 2024 11:01 PM

View on this article on Furathama

ބެންކޮކުން އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ތައިލެންޑްގެ ބެންކޮކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.



ކަސްޓަމްސް އިން މަޢުލޫމާތު ދިންގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ.

އެ ފަސިންޖަރުގެ ފޮށިތައް އިތުރަށް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނެވެ. އިބްތިދާއީ ތަޙްލީލްތަކުން ދައްކާ ގޮތުގައި އެއީ މެފެޑްރޯން (Mephedrone) ގެ ބާވަތެއްގެ މަސްތުވާތަކެއްޗެވެ.

ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1.86 ކިލޯއެވެ. ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 3 މިލިއަން 348 ހާސް ރުފިޔާއެވެ.

އަތުލެވުނު މަސްތުވާތަކެއްޗާއި، ޝައްކުކުރެވޭ ފަރާތް ވަނީ މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.

The post ބެންކޮކުން އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި appeared first on Furathama.



More from Furathama