ސިޔާސީ މަގާމުތަކުގައި ތިބި ޑޮމޮކްރެޓްސްގެ މީހުން މަގާމުތަކުން ވަކިކުރާތީ ނަޝީދުގެ ހިތްހަމަނުޖެހުން

Sun, 28 May 2023 08:58 PM

View on this article on Furathama

ސިޔާސީ މަގާމުތަކުގައި ތިބި ޑޮމޮކްރެޓްސްގެ މީހުން މަގާމުތަކުން ވަކިކުރާތީ ނަޝީދުގެ ހިތްހަމަނުޖެހުން

އެމްޑީޕީގެ ސްލޮޓުތަކުގައި ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ މީހުންގެ ތެރެއިން އަލަށް އުފައްދާފައިވާ ސިޔާސީ ޕާޓީ, “ދަ ޑިމޮކްރެޓްސް” އަށް ސޮއިކުރާ މީހުން, ސަރުކާރުގެ މަގާމުތަކުން ވަކިކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޑިމޮކްރެޓްސްއަށް ސޮއިކޮށްފައިވާ ތިން މީހަކު މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރާއި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު އަލައިކާ އައިޝަތު އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު ހަމްދާނެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަކީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރު ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުންތަކެއް ކަމަށާއި އެއީ އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒުކުރަން އެނގޭނެ ގާބިލު މީހުން ކަމަށެވެ. އަދި އެ މީހުން ވަކިކުރުމަކީ ދިވެހީންނަށް ދެވޭ ގެއްލުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

“ދަ ޑިމޮކްރެޓްސް” އަކީ ނަޝީދުގެ “ފިކުރެއްގެ ދިރުން” ކޯލިޝަންގެ މެންބަރުން އެމްޑީޕީން ވަކިވެ އުފައްދާފައިވާ ޕާޓީއެކެވެ. އެ ކޯލިޝަންގެ އިސް ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް, ނަޝީދު އަދި އެ ޕާޓީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.

The post ސިޔާސީ މަގާމުތަކުގައި ތިބި ޑޮމޮކްރެޓްސްގެ މީހުން މަގާމުތަކުން ވަކިކުރާތީ ނަޝީދުގެ ހިތްހަމަނުޖެހުން appeared first on Furathama.



More from Furathama