ސްޓްރެޗަރއެއް ނެތިގެން، އުމުރުން ދުވަސްވީ މީހަކު ބެޑްޝީޓަކަށް ލައިގެން ހޮސްޕިޓާތެރޭ ދަމައިފި

Sun, 26 Mar 2023 12:34 AM

View on this article on Furathama

ސްޓްރެޗަރއެއް ނެތިގެން، އުމުރުން ދުވަސްވީ މީހަކު ބެޑްޝީޓަކަށް ލައިގެން ހޮސްޕިޓާތެރޭ ދަމައިފި

އެއް ފައި ބިނިދިފައިވާ އުމުރުން ދުވަސްވީ މީހަކު ބެޑްޝީޓަކަށް ލައިގެން ހޮސްިޓލެއްތެރޭ ދަމާފައި ގެންދާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ފައި ބިނދިގެން އންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގްވާލިއަރގެ 1،000 އެނދުގެ ހޮސްޕިޓަލަކަށް ދިއަ އުމުރުން 65 އަހަރުގެ ފިރިހެނަކު ސްޓްރެޗާއެއް ނުލިބުމުން ހުދު ބެޑްޝީޓެއް މަތީ ބައިންދައިގެން ދަމާފައި ގެންދަނީ އެމީހާގެ ޅީދަރިއެކެވެ.

ބަލިމީހުން ޝަކުވާ ކުރި ގޮތުގައި 400 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ހަދާފައިވާ އެ ޑިސްޓްރިކްޓްގެ އެންމެ ބޮޑު ހޮސްޕިޓަލްގައި އެކަށީގެންވާ ސްޓްރެޗާއެއް ނެތެވެ.

ސައިކަލަކުން ވެއްޓި އެމީހާ ފައި ބިނދުނީ ގްވާލިއަރ އާއި ގާތްގަނޑަކަށް 70 ކިލޯމީޓަރު ދުރުގައި އޮންނަ ބިންޑް ޑިސްޓްރިކްޓްގައެވެ.

ކަށީގެ ޑިޕާޓްމަންޓްގެ ޑޮކްޓަރުން ލަފާ ދިނީ އުމުރުން 65 އަހަރުގެ ޝްރިކިޝަން އޮޖާ ޓްރޮމާ ކެއަރ ޑިޕާޓްމަންޓަށް ބަދަލުކުރުމަށެވެ. އޭނާގެ ޅީދަރިފުޅު ސްޓްރެޗަރެއް ހޯދަން ދިޔަ ނަމަވެސް އެއްވެސް ސްޓްރެޗަރ އެއް އެވަގުތު ނުފެނުނެވެ. ފަހުން ދެ ސްޓްރެޗަރެއް ފެނުނު ނަމަވެސް އެ އެއްޗެހީގައި ފުރޮޅެއް ނެތެވެ. އެއަށްފަހު ބެޑްޝީޓެއް ގެނެސްގެން ބަފައިބެ ދަމާފައި މައި ދޮރާ ހަމައަށް ގެންދިޔައިރު، އެތަނުން ޓްރޯމާ ކެއަރ ޑިޕާޓްމަންޓަށް ގެންދިއައީ އޮޓޯރިކްޝާއެއްގައެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

The post ސްޓްރެޗަރއެއް ނެތިގެން، އުމުރުން ދުވަސްވީ މީހަކު ބެޑްޝީޓަކަށް ލައިގެން ހޮސްޕިޓާތެރޭ ދަމައިފި appeared first on Furathama.



More from Furathama