އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް

Fri, 18 Oct 2024 01:12 AM

View on this article on Channel News Maldives

އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް
އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.
Advertisement

މިރޭ 4:30 އާ ހަަމައަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ އުރަ އަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



މެޓް އިން މިއަދު ވަނީ އުދަ އަރާފާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން މިރޭ ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭކަމަށާއި ނަމަވެސް އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. 

ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އިއްޔެ ވެސް ވަނީ އުދަ އަރައިފަ އެވެ. އެގޮތުން ފުވައްމުލަކާއި ގދ. ހޯނޑެއްދުއަށް އިއްޔެ ވަނީ ކޮންމެވެސް ވަރަކަށް އުދަ އަރައިފަ އެވެ.

ފާއިތުވި އަހަރުތަކުގައި ރަށްރަށަށް އުދަ އަރައި، ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އަދި ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް މިދިޔަ އަހަރު ވަރަށް ބޮޑަށް އުދަ އެރި އެވެ. އެ ސަރަހައްދަށް އެރި ބޮޑު ރާޅަކާ އެކު، އެ ވަގުތު އެތަނުން ދަތުރުކުރި ސައިކަލްތައް ކަހާލައިގެން ވެއްޓި، ގެއްލުންތައް ލިބުނެވެ.



More from Channel News Maldives