ނަފްސާނީ ދުވަހާ ގުޅިގެން ބޮޑު ހިނގާލުމެއް

Thu, 17 Oct 2024 10:54 PM

View on this article on Channel News Maldives

ނަފްސާނީ ދުވަހާ ގުޅިގެން ބޮޑު ހިނގާލުމެއް
ބައިނަލްއަގްވާމީ ނަފްސާނީ ދުވަހާ ގުޅިގެން ބޮދު ހިނގާލުމެއް ބާއްވަން ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.



މި ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގޭ ދުވަހެއްކަން ހެލްތް މިނިސްޓްރީން ފާހަގަކުރެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ  މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމާގުޅުންހުރި ހުރިހާ ޖަމްއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހިނގާލުމުގެ ހަރަކަތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކަތް ކުރިއަށްދާނީ 19 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވީރު 16:30 ން 18:00އަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.



More from Channel News Maldives