ޅ އަތޮޅުގައި ބަޔޮސްފިއާ ރިސާވްއެއް ހަދަނީ

Thu, 17 Oct 2024 10:19 PM

View on this article on Channel News Maldives

ޅ އަތޮޅުގައި ބަޔޮސްފިއާ ރިސާވްއެއް ހަދަނީ
ޅ އަތޮޅުގައި ބަޔޮސްފިއާ ރިސާވްއެއް ހަދަން ހަމަޖެހިފައިވާކަމަށާއި އެ މަޝްރޫއަށް ފައިސާވެސް ހަަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި އެންވާރަަމަންޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތުދިނުމަށް  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވަނީ ރާއްޖޭގައި 3 އިތުރު ބަޔޮސް ފިޔާ ހެދުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ވައުދުފުޅެއްކަން ވިދާޅުވެފަ އެވެ.



އެ މަސައްކަތުގައި މިނިސްޓްރީން  ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާ، ޕްރޮޕޯސަލް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ބަޔޮސްފިއާ ރިސާވް ހެދުމަށް ހުށަހަޅާފައި ހުރީ އެންމެ ފަރާތަކުން ކަން ތޯރިގް ވިދާޅުވިއެވެ. އެގޮތުން ބަޔޮސްފިއާ ރިސާވް ހަދަން ހުށަހަޅާފައި ހުރީ ޅ އަތޮޅުން އެކަނި  ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އެބޭފުޅުންގެ ޕްރޮޕޯސަލް މިހާރު މިވަނީ އިވަލުއޭޓްކޮށް އެބޭފުޅުންނަށް ބަޔޮސްފިއާ ރިސާވް ހެދޭނެ ކަމަށް މިހާރު ވަނީ އަންގާފައި، މިކަމަށް ބޭނުންވާ ފައިސާ ގްލޯބަލް އެންވާރަމަން ފެސިލިޓީން މިހާރު ވަނީ ހަމަޖެހިފައި" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ކުރިއަށް އޮތްތާންގައި ޅ އަތޮޅުގައި ބަޔޮސްފިއާ ރިސާވް ހެދުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި ޅ އަތޮޅު ކައުންސިލްއަށްވެސް މިހާރު ވާނީ އަންގާފައި ކަމަށް ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ މިވަގުތު ރާއްޖޭގައި ހުރީ 3 ބަޔޮސްފިއާ ރިސާވް އެވެ. އެއީ ބ އަތޮޅު، އައްޑޫ ސިޓީ އަދި ފުވައް މުލައް ސިޓީގަ އެވެ.



More from Channel News Maldives