އެއާ ކޮލިޓީ ބަލަހައްޓާ ތިން ސްޓޭޝަނެއް މާލޭ ސަރަހައްދަށް

Thu, 17 Oct 2024 11:58 PM

View on this article on Channel News Maldives

އެއާ ކޮލިޓީ ބަލަހައްޓާ ތިން ސްޓޭޝަނެއް މާލޭ ސަރަހައްދަށް
ވައިގެ ސާފު މިން ބަލަހައްޓާ، އެއާ ކޮލިޓީ މޮނިޓާރިން 3 ސްޓޭޝަންއެއް މާލޭ ސަރަހައްދުގައި ގާއިމްކުރުމަށް ހަަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އެންވާރަމަންޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.



މިވަގުތު ހުޅުމާލޭގައި ސިޓީ ލެވެލްގައި އެއާ ކޮލިޓީ މޮނީޓާ ކުރާ ޔުނިޓްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފާހަގަކޮށް މިނިސްޓަރު ތޯރިގް ވިދާޅުވީ އެއީ ތަންކޮޅެއް ބޮޑެތި ޔުނިޓް ތަކެއް ކަމަށެވެ. 

"އިތުރަށް ޕީއެމް 2.5 ނޫނިއްޔާމުން ޕާޓިކިއުލޭޓް މެޓާސްގެ ކޮންސެންޓްރޭޝަން ނޫނިއްޔާމުން ކާބޮން މޮނޮކްސައިޑް އާއި ކާބޮންޑައއޮކްސައިޑް ހުންނަ އިތުރު ގޭސްތަކުގެ ބެލޭނެ މީގެން" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

އެ މަސައްކަތް ކުރުމަށް ހުޅުމާލޭ ފޭސް 1، ފޭސް 2 ގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން މިހާރު ދާކަމަށާއި އެކަަމަށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމަންޓް މިހާރު ވަނީ ލިބިފައި ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. އެގޮތުން އިސްސްޓޯލޭޝަން ގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަަމަށާއި މާލޭގައި ބަހައްޓާ މެޝިނަރީ ވެސް މިހާރު ވަނީ އައިސްފައި ކަމަށް ތޯރިގް ވިދާޅުވި އެވެ.

"މާލޭގައި ލޭންޑް ނުލިބިގެން، އަދި ކޮންފާމް ނުވޭ، ވަރަށް އަވަސް މުސްތަގްބަލެއްގައި ސިޓީ ކައުންސިލްއާއި މަޝްއްކަތްކޮށްގެން ހޯދިގެން ދާނެ" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އޭގެ އިތުރުން ވިލިމާލެއަށްވެސް އެއާ ކޮލިޓީ ބަލާ އިތުރު 1 ޔުނިޓް ކުރިއަށް އޮތްތަނުގައި ގެންދެވޭނެކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. 

"މިވަގުތު އެއާ ކޮލިޓީގައި މި ބަލަނީ ޕީއެމް 2.5 އެއީ ވައިގައި ހުންނަ ކުނޑީގެ ޕާޓިކަލް ސައިޒްތަކުގެ، އިންސާނެއްގެ ސިއްހައްތަށް އެންމެ ގެއްލުން ދޭ އެއް ސައިޒަކީ ޕީއެމް 2.5، މައިކްރޯންސްގެ މިދެންނެވި ޑަސްޓް ނޫނިއްޔާމުން ކުނޑި ޕާޓިކަލްސް އެހެންވީމާ މި ބެލިގެންދާނެ ރަށްރަށުގައި، ވެބަސައިޓަށް ޒިޔާރާތްކޮށްވެސް ބަލާލެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގެ އެއާ ކޮލިޓީއާއި، ވައިގެ ސާފުމިން ދެނެގަތުމަށް ރާއްޖޭ އެކި ކަންކޮޅުތަކުގައި މޮބައިލް ނުވަތަ އެއާކޮލިޓީ މެޝާ ކުރާ ބައެެއް އިކުއިޕްމަންޓްތައް ވަނީ ހަރުކުރެވިފަ އެވެ. އެއީ މާލޭ، ވިލިގިނލީ، ށ. ފުނަދޫ، ލ.ގަމުގަން އަދި ފުވައްމުލައް ސިޓީގައި ކަމަށް ތޯރިގް ވިދާޅުވި އެވެ.

އޭގެ އިތުރަށް ހަރުކޮށްފައި ނުވަތަ ރިކޯޑް ކުރުން ނުފެށޭ ސްޓޭޝަންތައް ހުރި ކަަމަށާއި އެތަންތަން ގާއިިމްކުރެވިފައި ހުރީ  އައްޑޫ ސިޓީ، ދ ކުޑަ ހުވަދޫ، ޅ. ނައިފަރު، ކުޅުދުއްފުށީ، ގދ. ތިނަދޫ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެގޮތުން އެތަންތަނުގައި މިހާރު ކުރިއަށް ދަނީ ޓެސްޓިންގެ މަރުހަލާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

 



More from Channel News Maldives