ޕާޓީއެއްގައި ރަޖިސްޓްރީވުމުން ލިޔުން ދެން ލިބޭނީ ޕޯޓަލުން

Thu, 17 Oct 2024 08:26 PM

View on this article on Channel News Maldives

ޕާޓީއެއްގައި ރަޖިސްޓްރީވުމުން ލިޔުން ދެން ލިބޭނީ ޕޯޓަލުން
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާކަމުގެ ލިޔުން ދެން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

އީސީން ބުނީ މިމަހުގެ  20 ވަނަ ދުވަހުން ފެށިގެން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާނަމަ، ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އޮންލައިން ޕޯޓަލް my.elections.gov.mv "މައި ޕޯޓަލް" މެދުވެރިކޮށް ލިބޭނެކަމަށެވެ. 

މި ހިދުމަތުގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ، އެކަމުގެ ލިޔުންވެސް ޕޯޓަލް އިން ލިބޭނެ ކަމަށްވެސް އީސީން ބުނެއެވެ. ޕޯޓަލް މެދުވެރިކޮށް މި ހިދުމަތަށްއެދޭއިރު، އިތުރު އެއްވެސް ލިޔެކިއުމެއް ބޭނުމެއް ނުވާނެކަމަށްވެސް އިލެކްޝަނަސް ކޮމިޝަނުން ބުނެއެވެ. 





More from Channel News Maldives