ފިހާރަޔަކުން ވައްކަން ކުރި ގުރޫޕެއް އަތުލައިގެންފި

Thu, 17 Oct 2024 09:02 PM

View on this article on Channel News Maldives

ފިހާރަޔަކުން ވައްކަން ކުރި ގުރޫޕެއް އަތުލައިގެންފި
ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި ގްރޫޕެއް އަތުލައިގެންފިއެވެ.
Advertisement

ފުލުހުން ބުނީ މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކުރި 3 މީހަކު އަތުލައިގެންފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގޭ، އުމުރުން 26 އަހަރުގެ އިހުސާން އިބްރާހިމް އާއި ހަމަ އެރަށު، ލިލީގެ، އުމުރުން 46 އަހަރުގެ މުހައްމަދު ސޮބާހު ރ. އިނގުރައިދޫ، ދަނބުރުއްދަށުގޭ، އުމުރުން 34 އަހަރުގެ އިބްރާހިމް މުހައްމަދު ރަޝީދު ކަމަށެވެ.



މިތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް، ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހުން ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކުރިކަަން އެނގުނީ ރޭ ފަތިހު 4:20 ހާއިރު، އެ ސަރަހައްދު ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ. ވަގަށް ނެގި ތަކެއްޗާއެކު ތިން މީހުން ހައްޔަރު ކޮށްފި އެވެ.

އަދި މީހުން އަތުލައިގަތީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ކަމަށާއި އެމީހުން ހައްޔަރުކުރީ ވަގަށް ނެގި ތަކެއްޗާއެކުކަަމަށެވެ. 

އެމީހުން ވަގަށް ގެންދިޔަކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓު ކާޓަންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. 



More from Channel News Maldives