އެޗްޑީސީގެ ޑޭޓާބޭސް ހެކުކޮށްފި

Sun, 30 Jun 2024 10:22 PM

View on this article on Channel News Maldives

އެޗްޑީސީގެ ޑޭޓާބޭސް ހެކުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑޭޓާބޭސް ބަޔަކު ހެކްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބަޔަކު މީހުން އަންނަނީ އޯޓީޕީ ހޯދަން މެސެޖު ކުރަމުންނެވެ.



ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި އެޗްޑީސީގެ ބަހެއް މިހާތަނަށް ނުލިބެ އެވެ.  

އެޗްޑީސީގެ ޑޭޓާބޭސް ހެކުކޮށް މީހުންނަށް މެސެޖު ކުރަމުންދާ މައްސަލައެއް ފެންމަތި ވެފައިވާއިރު، މީގެ ކުރިން އެޗްޑީސީގެ ނަމުގައި ތަފާތު އެކި ނަންބަރުތަކުން މީހުންނަށް މެސެޖުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ފެންތިވެފައިވެ އެވެ.



More from Channel News Maldives