އާމްދަނީ އިތުރުކުރުމަށް ކޮމާޝަލް ސްޕޭސް އިތުރުކުރަނީ

Sun, 30 Jun 2024 02:26 PM

View on this article on Channel News Maldives

އާމްދަނީ އިތުރުކުރުމަށް ކޮމާޝަލް ސްޕޭސް އިތުރުކުރަނީ
އާމްދަނީ އިތުރުކުރުމަށް އެއާޕޯޓުގައި ކޮމާޝަލް ސްޕޭސް އިތުރުކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.



އާމްދަނީ އިތުރުކުރުމަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޝަރީފް ވަނީ އެއާޕޯޓްއެއްގައި ހުންނާނީ އެރަނޮޓިކަލް ރެވެނިއު އާއި ނޮން އެރަނޮޓިކަލް ރެވެނިއު ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން މަތިންދާ ބޯޓު ޖައްސާ އުދުއްސުމާ ގުޅޭ ފައިދާތަކާ ރެވެނިއު އާ ސީދާ ގުޅުމެއް ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޮން އެރަނޮޓިކަލް ރެވެނިއު އިންކްރީޒްކުރުމަށް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން، އޭގެ ތެރޭގައި ކޮމާޝަލް ސްޕޭސް އިތުރުކުރުން، އޭގެ މާނައަކީ އެއާޕޯޓުގެ ކޮންމެ އޭރިއާއަކީ ކޮމާޝަލީ އޭގައި އަގެއް ހުރި ތަނަކަށް ހެދުން ،އެހެންމަ އަހަރުމެން ކޮމާޝަލް ސްޕޭސް އިންކްރީޒްކޮށްގެން ކޮމާޝަލް އެކްޓިވިޓީތައް މިތަނަށް އިތުރަށް އެޓްރެކްޓް ކުރުމަށް މަސައްކަތަތަކެއް އެބަ ކުރަން" ޝަރީފު ވިދާޅުވި އެވެ.

ކޮމާޝަލް ސްޕޭސް އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެމްއޭސީއެލް އިން ކުރިއަށް ގެންދަނީ އޭގެ ޕްލޭނިންގެ މަސައްކަތްކަމަށް ޝަރީފު ވިދާޅުވި އެވެ. އެގޮތުން އެރަނޮޓިކަލް ރެވެނިއު އާ އެކަން ސީދާ ގުޅޭނީ އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގެ އަދަދަށްކަަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ ޓޫރިޒަމް އިންޑަސްޓްރީއާ، ޓްރެވަލް ބޭފުޅުންނާ އަދި އައިލެންޑްތަކާ ގުޅިގެން އެކަން އެބަ ކުރަން މަތިންދާ ބޯޓު ވީހާވެސް ގިނައިން މިތަނަށް ޖެއްސުމަށްޓަކައި" ޝަރީފު ވިދާޅުވި އެވެ.

ކޮމާޝަލް ސްޕޭސް އިތުރު ކުރެވިއްޖެއަާ އެރަނޮޓިކަލް ރެވެނިއު އިތުރުވެގެންދާނެކަމަށާއި ރާއްޖެ ފަދަ ތަނަކަށް ގިނަ އެއާޕޯޓުތަކަކަށް ފައިދާ އިތުރުކުރުމަށް ބޮޑަށް އިސްކަން ދޭނީ ނޮން އެރަނޮޓިކަލް ރެވެނިއުއަށް ކަމަށް އެމްޑީ ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓެއް ހިންގާތީ އެތަން އެ މުހިއްމުވާ ސަބަބުތައް ބަލާ، އެތަނުގެ ނޮން އެރަނޮޓިކަލް ރެވެނިއު އިންކްރީޒްކުރުމަށް ކޮމާޝަލް ސްޕޭސް އިތުރުކުރުކޮށް ކޮމާޝަލީ އެފެކްޓިވް ތަނަަކަށް އެތަން ހަދާ އަދި އެތަނާ ގުޅޭ ވިޔަފާރިތައް ގެނަން ޖެހޭ ކަަމަށް އެމްޑީ ވިދާޅުވި އެވެ. އަދި ކޮމާޝަލް ސްޕޭސް އިތުރުކުރުމަކީ މިވަގުތު އެމްއޭސީއެލް އިން އާމްދަނީ އިތުރުކުރުމަށް ކުރަމުން ގެންދާ މަސައަކަތްކަަމަށް ޝަރީފު ވިދާޅުވި އެވެ. 

މީގެ އިތުރުން ޝަރީފު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް އެމްއޭސީއެލް އިން ޖުމްލަކޮށް 10-20 އިންސައްތައަށް ހަރަދު ކުޑަކުރެވޭނެކަމަށް ލަފާ ކުރެވޭނެކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި މައިގަނޑުގޮތެއްގައި 10 ވަރަަކަށް ދާއިރާއިން އެމްއޭސީއެލްއިން ހަރަދުކުރުމަށް ހަަމަޖެހިފައިވާކަަމަށެވެ. އެގޮތުން ކަރަންޓު ހަރަދު، ފެން، ފޯނު ހަރަދު، ޕޭޕަރު ހަރަދު، ތެޔޮ ހަރަދު، އަދި އިންވެންޓަރީ ހަރަދުވެސް މީގެ ތެރޭގައި ހިމެެނެ އެވެ. 

މީގެ ތެރޭގައި އެއް އަހަރު ދުވަސް ތެރޭގައި "ޕޭޕާލެސް" ކުންފުންޔަކަށް އެމްއޭސީއެލް ހަދަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވުމުގެ އިތުރުން ޓެލެފޯނު ހަރަދު 60 އިންސައްތައަށް ދަށްކުރުމާއި އެއާޕޯޓުގެ އިވެންޓް ހަރަދުތަަކަށް އެއް ލައްކަ ރުފިޔާގެ ގެ ދަށުން އިންތިޒާމް ކުރުމަށް ހަމަޖެހިފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ. 



More from Channel News Maldives