ކޮލަމް މީތިނުކިޔާތި: މިއީ "ހަގީގީ ފިރިހެނުން"ގެ 15 ސިފަ

Wed, 23 Oct 2024 06:33 AM

View on this article on Adhives Online

ކޮލަމް މީތިނުކިޔާތި: މިއީ "ހަގީގީ ފިރިހެނުން"ގެ 15 ސިފަ

ގިނަ އަންހެނުން މުޅި ހަޔާތް ވޭތުކޮށްލަނީ ހަގީގީ ލޯތްބަކީ ކޮން އެއްޗެއްކަން ނޭނގިއެވެ. ހަގީގީ ލޯބި ފަހުމްނުވުމަކީ ޔަގީނުން ވެސް ހިތާމަ ހުރި ކަމެކެވެ. ހަގީގީ ލޯބި ގުޅިފައިވަނީ "ހަގީގީ ފިރިހެނުން"ނާނެއެވެ. މިހާ ހިސާބުން އުފެދޭނެ ސުވާލަކީ "ހަގީގީ ފިރިހެނުން"ނަކީ ކޮންކަހަލަ ސިފަތަކެއް ހުންނަ ބައެއްތޯއެވެ.



ހަގީގީ ފިރިހެނުން އެންމެ ފަސޭހައިން ދެނެގަނެވޭނީ އެ މީހުންގެ ބައިވެރިންނާމެދު އެ މީހުން ކަންތައް ކުރާގޮތުންނެވެ. ކަންދިމާކުރި ގޮތުން އަހަރެމެންގެ ޖީލަކީ ހަގީގީ ފިރިހެންވަންތަކަން ދަންނަ މީހުން އުޅޭ ޖީލެއްކަމަށް ބުނެވޭކަށް ނެތެވެ. އެހެންކަމުން، ހަގީގީ ފިރިހެނުންނަކީ ކޮބައިކަމުގެ 15 ކަމަކަށް ބަލައިލަމާ ހެއްޔެވެ.

  1. ހަގީގީ ފިރިހެނުން ތިބާގެ ގާތުގައި ތިބާގެ ދުވަސް ވޭތުވީ ކިހިނެތްތޯ އަހާނެވެ. އަދި ތިބާ ދޭ ޖަވާބަށް ހަގީގަތުގައި ވެސް ޝައުގުވެރިވާނެއެވެ.
  2. ހަގީގީ ފިރިހެނުންނަކީ ތިބާ ގެންގުޅޭ އިންތަކަށް އިހުތިރާމްކުރާ މީހުންނެވެ. ތިބާ ކުރަން ބޭނުންނުވާ އެއްވެސް ކަމެއް ކުރަން ބާރެއް ނާޅާނެއެވެ.
  3. ހަގީގީ ފިރިހެނުން ތިބާއަށް ވަގުތު ދޭނެއެވެ. ތިބާގެ ޝަހުސިއްޔަތު ދެނެގަތުމަށް ވަގުތު ހޭދަކުރާނެއެވެ.
  4. ހަގީގީ ފިރިހެނުން ތިބާގެ ކަންތައްތަކަށް އަޅައިލުން ބަހައްޓާނެއެވެ. ތިބާގެ ނަފުސާނީ ދުޅަހެޔޮކަން ބަލަން އެކި ގަޑިގަޑީގައި ވެސް ގުޅާނެއެވެ.
  5. ހަގީގީ ފިރިހެނުންނަކީ ތިބާއަށް ހުރިހާ ކަމެއް ހުސްކޮށްފައިވާ މީހުންނެވެ. ވޭތުވަމުންދާ ކޮންމެ ދުވަހަކުމެ ތިބާ ދެކެ ވާ ލޯބި ދެމެހެއްޓުމަށްޓަކައި އާ ގޮތްގޮތް ހޯދާނެއެވެ.
  6. ހަގީގީ ފިރިހެނުން އެންމެ ފުރަތަމަ ސަމާލުކަން ދޭނީ ތިބާގެ ހިތުގެ ކެކުޅުންތަކަށެވެ. ހިތުގައި ޖެހޭ ކަންތައްތަކުން ތިބާ ސަލާމަތްކޮށް، ތިބާއަށް އަބަދުވެސް ރައްކާތެރިކަންދޭނެއެވެ.
  7. ހަގީގީ ފިރިހެނުން ވަގުތީ ޖަޒުބާތުގައި ޖެހި، އެ ކަމަށް ބިނާކޮށް ދާއިމީ ނިންމުންތަކެއް ނުނިންމާނެއެވެ.
  8. ހަގީގީ ފިރިހެނުން ތިބާ ހަޔާތުގައި ހުރި ހިސާބު އޮޅުވައެއް ނުލާނެއެވެ.
  9. ހަގީގީ ފިރިހެނުންނަށް ކުށެއް ކުރެވިއްޖެ ނަމަ މައާފަށް އެދޭނެއެވެ. އަދި އެ ގޮތުގެ މަތިން އޭނާގެ ޝަހުސިއްޔަތު ރައްކާތެރިކުރާނެއެވެ.
  10. ހަގީގީ ފިރިހެނުން ތިބާގެ ޖަޒުބާތުތައް ރައްކާތެރިކުރުމަށްޓަކައި އެހެން މީހުންގެ ޖަޒުބާތުތައް ވެސް ގުރުބާންކޮށްފާނެއެވެ.
  11. ހަގީގީ ފިރިހެނުން ތިބާގެ ފަރާތުން ޖިންސީ އެދުމެއް ފުރިހަމަ ނުކުރެވުނަސް ތިބާ ދެކެ ލޯބިވުން މަތީގައި ދެމިހުންނާނެއެވެ.
  12. ހަގީގީ ފިރިހެނުން މުނިފޫހިލުވައިދޭނީ ތިބާ އެކަންޏެވެ؛ އެހެން އަންހެނުންނެއް ނޫނެވެ.
  13. ހަގީގީ ފިރިހެނުން ތިބާއާ ފުރަތަމަ ފަހަރަށް ބައްދަލުވާ ދުވަހުން ފެށިގެން ވެސް ތިބާގެ މައްޗަށް ހިތް ސާފުވާނެއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ތިބާއަށްކަން ދައްކައި، އެ ކަމުން އެ ލިބޭ އިހުސާސް ފާޅުކުރާނެއެވެ.
  14. ހަގީގީ ފިރިހެނުން ތިބާއަށް އެހެން މީހުން ދީފައިވާ އަނިޔާއިން އަރައިގަތުމަށް ތިބާއަށް އެހީވާނެއެވެ.
  15. ހަގީގީ ފިރިހެނުން ތިބާގެ އަގުވަޒަންކުރާނެއެވެ. އަދި ތިބާ އޭނާގެ އަތުން ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.

މި ބަލައިލެވުނު 15 ކަންތައްތަކުން ދޭ ވަށާޖެހޭ މެސެޖަކީ މިއެވެ: ހަގީގީ ފިރިހެނުން ތިބާގެ އަގެއް ނެތްކަމަށް ތިބާ ދެކޭދެކުމާއެކު ތިބާ އެއްވެސް ރެއަކު ނިދިޔަކަ ނުދޭނެއެވެ. ތިބާ ތިބާގެ އަގުވަޒަން ކުރުމަށް އެންމެ ފުރަތަމަ އެހީ ވާނީ އޭނާއެވެ.

ނޯޓު: ތަރުޖަމާއެއް

The post ކޮލަމް މީތިނުކިޔާތި: މިއީ "ހަގީގީ ފިރިހެނުން"ގެ 15 ސިފަ first appeared on އަދިވެސް އޮންލައިން.



More from Adhives Online