ހަނގުރައިމައިގެ ސަބަބުން ޔޫކްރެއިންގެ އާބާދީ 10 މިލިއަން ދަށަށް

Tue, 22 Oct 2024 11:20 PM

View on this article on Adhives Online

ހަނގުރައިމައިގެ ސަބަބުން ޔޫކްރެއިންގެ އާބާދީ 10 މިލިއަން ދަށަށް

ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރައިމައިގެ ސަބަބުން ޔޫކްރެއިންގެ އާބާދީ 10 މިލިއަން ދަށަށް ހިނގައްޖެކަމަށް އދ.އިން ބުނެފިއެވެ.



"ރެފިއުޖީން ގެދޮރު ދޫކޮށްދިއުމާއި ވިހާ ކުދިންގެ އަދަދު މަދުވުމާއި ސީދާ ހަނގުރައިމައިގައި މަރުވި މީހުންގެ އަދަދުތައް އެއްކޮށްލުމުން ޔޫކްރެއިންގެ އާބާދީ 25 ޕަސެންޓް ދަށަށް ހިނގައްޖެ،" އދ.އިން ބުންޏެވެ.

އދ.ގެ އާބާދީއާ ބެހޭ އިދާރާގެ އިރުމަތީ ޔޫރަޕާ ބެހޭ ވެރިޔާ ފްލޮރެންސް ބައުވާ ބުނީ 2022 ގައި ރަޝިއާއިން ހަނގުރާމަ ފެށި ފަހުން 6.7 މިލިއަން މީހުން ޔޫކްރެއިން ދޫކޮށްފައި ޔޫރަޕްގެ އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

"ހަނގުރައިމައިގައި މަރުވި މީހުންގެ އަދަދު ހާހުން ހާހުން ގުނާލެވޭ،" އޭނާ ބުންޏެވެ.

ފްލޮރެންސް ބުނީ ވިހާ އަދަދު މިހާރު ހުރީ ކޮންމެ އަންހެނަކަށް އެއް ކުއްޖެއް ކަމަށެވެ.

"މިއީ ދުނިޔޭގެ ނިސްބަތުން ވެސް ވިހާ އަދަދު އެންމެ މަދު ގައުމުތަކާ ދިމާވާ ތަފާސްހިސާބެއް. ޔޫކްރެއިންގެ އާބާދީ ހަމައަކަށް އެޅޭނީ ކޮންމެ އަންހެނަކަށް 2.1 ޕަސެންޓްގެ ނިސްބަތުން ދަރިން ލިބޭނެ ނަމަ،" ފްލޮރެންސް ބުންޏެވެ.

އޭނާ ބުނީ ޔޫކްރެއިންގެ އާބާދީގެ އެންމެ ސައްހަ މައުލޫމާތު ލިބޭނީ ހަނގުރާމަ ނިމުމަކަށް އައިސް ބޯހިމެނުމެއް ބޭއްވުމުންކަމަށެވެ.

ރަޝިއާގެ ދަށުގައި އޮތް ޔޫކްރެއިން 1991 ގައި މިނިވަންވިއިރު 50 މިލިއަން މީހުންގެ އާބާދީއެއް ޔޫކްރެއިންގައި އޮތެވެ. އެއަށް ފަހު ރަޝިއާއިން ޔޫކްރެއިން ހިފަން އުޅުމުގެ އެއް އަހަރު ކުރިން 2021 ގައި ޔޫކްރެއިންގެ އާބާދީއަކީ 40 މިލިއަން މީހުންނެވެ.

ކުރިން 140 މިލިއަން މީހުންގެ އާބާދީއެއް އޮތް ރަޝިއާގެ އާބާދީ ވެސް ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ދަނީ ދަށްވަމުންނެވެ. އެ ގޮތުން 1999 އާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވަނީ ވިހާ އަދަދުގެ ނިސްބަތް މީގެ ކުރިން ނުދާހާ ދަށަށް ގޮސްފައެވެ.

The post ހަނގުރައިމައިގެ ސަބަބުން ޔޫކްރެއިންގެ އާބާދީ 10 މިލިއަން ދަށަށް first appeared on އަދިވެސް އޮންލައިން.



More from Adhives Online