ހަނދެއް ފަދަ މޫނެއް ދިރުވި އުންމީދު

Wed, 23 Oct 2024 09:11 AM

View on this article on Adhives Online

ހަނދެއް ފަދަ މޫނެއް ދިރުވި އުންމީދު

ހަނދެއް ފަދަ މޫނެއް ނަޒަރުގައި އެބަ ވިދައެވެ.



އަލިމަހެއް ފަދަ ނޫރެއް ލޮލުގައި އެބަ ބަބުޅައެވެ.

ހަނދުވަރެއް ފަދަ ނަލަކަމެއް ހިތުގައި އެބަ ދިރެއެވެ.

ޖަންނަތެއް ފަދަ ރީތިކަމެއް އުންމީދުގައި އެބަ ބޮސްދެއެވެ.

 

ބައްދަލުވުމަށް އެދެނީ ހިތެއް ނޫނެވެ. ހިތުގެ ވިންދެވެ.

ހާލު އަހަލައިން އެދެނީ ދުލެއް ނޫނެވެ. ދުލުގެ ރަހަ ފިތެވެ.

ފާޅުކުރަން ބޭނުންވީ ޝުޢޫރެއް ނޫނެވެ. ޝުޢޫރުގެ އިހުސާސެވެ.

 

މި އިހުސާސްތަކުގެ އަޑު ކަލާއަށް އެބަ އިވޭ ހެއްޔެވެ؟

މި ޝައުގުގެ ޒައުގު ކަލާއަށް އެބަ އެނގޭނެއެވެ.؟

މި ޖަޒުބާތުގެ މީރުވަސް ކަލާއަށް އެބަ ދުވާ ހެއްޔެވެ؟

 

މިއީ ރިހުމެއްގެ ކެކުޅުމެއް ނޫންވެ.

މިއީ ވޭނެއްގެ ތަދެއް ނޫނެވެ.

މިއީ ހަނދެއް ފަދަ މޫނެއްގެ އުޖާލާ އަލިން ދިރުނު އުންމީދެކެވެ.

މި އުންމީދުން އުތުރުނު މި ޝުޢޫރު ކަލާއަށް ވަގުފްކޮށްފީމެވެ.

The post ހަނދެއް ފަދަ މޫނެއް ދިރުވި އުންމީދު first appeared on އަދިވެސް އޮންލައިން.



More from Adhives Online