ސިނާއީ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

Wed, 23 Oct 2024 09:26 AM

View on this article on Adhives Online

ސިނާއީ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކަން އެޗް.ޑީ.ސީން މިއަދު ހުޅުވާލައިފި އެވެ. އޭގެ ތެރޭގައި ހިމެނެނީ 1،515 އަކަފޫޓާއި 1،538 އަކަފޫޓާ ދެމެދުގެ 16 ބިމެވެ.



ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންވާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ.އޯ.އައި ހުށަހަޅައިފައި ވާނަމަ، ބިޑް ކުރުމެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500ރ. އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ ތިން ބިން ގަނެވިދާނެއެވެ." އެޗް.ޑީ.ސީގެ އިއުލާންގައިވެއެވެ.

"ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށެވެ. އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ."

 

 

The post ސިނާއީ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކަން ހުޅުވާލައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online