ބިދޭސީންގެ ވިސާ އާއި ކޯޓާފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަން ރުފިޔާ ރިކަވާކުރެވިއްޖެ: އިހުސާން

Tue, 22 Oct 2024 04:22 PM

View on this article on Adhives Online

ބިދޭސީންގެ ވިސާ އާއި ކޯޓާފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަން ރުފިޔާ ރިކަވާކުރެވިއްޖެ: އިހުސާން

ބިދޭސީންގެ ވިސާ އާއި ކޯޓާފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ރިކަވާކުރެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ވިސާ ފީ އާއި ކޯޓާ ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ހޯދުމަށް 03 ޖޫންގައި ފެށި މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މިހާތަނަށް ދައުލަތަށް ނުލިބި ހުރީ 703 މިލިއަން ރުފިޔާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް މިވަނީ ގާތްގަނޑަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވިފައި،" އިހުސާން ވިދާޅުވި އެވެ.

މި ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ހިދުމަތް ދިނުން ހުއްޓާލައި އެ ފަރާތްތައް ބްލޮކްކޮށްފައިވާނެ ކަމަަަށާއި ފައިސާ ދެއްކުމުން އަނެއްކާ ވެސް އެ ފަރާތްތަކަށް ހިދުމަތް ލިބޭނެ ގޮތް ހަދާފައިވާ ކަމަށް  އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިފާލަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ދާއިމަށް ހައްލު ހޯދުމަށް ރައީީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުގެ ދަށުން ފަށައިފައިވާ "އޮޕަރޭޝަން ކުރަނގި" މިހާރު ވަނީ މުޅި ރާއްޖޭގައި ފަށައިފަ އެވެ.

މިހާރު ކުރިއަށް ގެންދަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޮމެޓްރިކް އައިޑެންޓިފިކޭޝަނާއި އިނގިލީގެ ނިޝާނާއި ފޮޓޯ އެއް އަަހަރު ދުވަހުގެ ތެރޭގައި ނެގުމުގެ މަސައްކަތެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގެ 82 ރަށެއްގައި މި އޮޕަރޭޝަން މިހާރު ހިނގަމުންދާ ކަމަށާއި މިއަދާ ހަމައަށްް 6،891 މީހެއްގެ މައުލޫމާތު ނަގައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ އަަހަރު އެޕްރީލްގެ ކުރިން ހުރިހާ މަސައްކަތް ނިންމާލުން. މީގެ ފުރަތަމަ ފޭސްގެ، އަޅުގަނޑުމެންނަށް މިހާރަށް މިފެންނަ އިންޑިކޭޝަންތަކަށް ބަލާއިރު ގަބޫލްކުރެވެނީ ޖެނުއަރީގެ ނިޔަލަށް މި މަސައްކަތް ނިންމިދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

The post ބިދޭސީންގެ ވިސާ އާއި ކޯޓާފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަން ރުފިޔާ ރިކަވާކުރެވިއްޖެ: އިހުސާން first appeared on އަދިވެސް އޮންލައިން.



More from Adhives Online