ކޮލަމް މީތިނުކިޔާތި: ދެމަފިރިންގެ ގުޅުން ހަރުދަނާކުރެވޭނެ ގޮތްތައް

Mon, 21 Oct 2024 07:56 AM

View on this article on Adhives Online

ކޮލަމް މީތިނުކިޔާތި: ދެމަފިރިންގެ ގުޅުން ހަރުދަނާކުރެވޭނެ ގޮތްތައް

ޒަވާޖީ ހަޔާތް ކަމިޔާބުކުރުމަށްޓަކައި ބޭނުންވާނީ ދެމަފިރިންގެ ދެމެދުގައި އޮންނަ އެކި ކަހަލަ ގުޅުންތައް ވަރުގަދަކުރުމެވެ. އެ ގޮތުން މި ބަލައިލަނީ ގުޅުންތައް ވަރުގަދަކުރެވޭނެ ގޮތްތަކަކަށެވެ.



  1. ޖަޒުބާތީ ގޮތުން ގާތްވުން:

ހ. ހަމްދަރްދީވުން އަދި އެކަކު އަނެކަކުގެ ވާހަކަތައް ކަނުލައި އަޑުއެހުން.

ށ. ހިޔާލުތަކާއި އިހުސާސްތަކާއި ބޭނުންވާ ކަންތައްތައް ކިޔައިދިނުން.

ނ. ނިކަމެތިކަމުގެ ސިފަތައް ފާޅުކުރަން ޖެހިލުން ނުވުމާއި ހުޅުވިފައިވާ ގޮތަކަށް މުއާމަލާތްކުރުން.

ރ. އެކަކު އަނެކަކު ޖަޒުބާތުތައް ބަލައިގަތުން.

ބ. ދެމަފިރިންގެ ދެމެދުގައި ގާތްކަން އިހުސާސްކުރެވޭނެ ކަންތައްތައްކުރުމަށް ވަގުތުތަކެއް ކަނޑައެޅުން.

  1. ޖިސްމާނީ ގޮތުން ބީހުން:

ހ. ގައިގައި ބައްދާލުން އާއްމު ކަމަކަށް ހެދުން.

ށ. ގިނަގިނައިން އަތުގައި ހިފައި އަދި ބޮސްދިނުން.

ނ. ގައިގައި އަތްލައިހެދުން.

ރ. މަސާޖްކޮށްދިނުން ކަހަލަ ޖިސްމާނީ ގޮތުން ގާތްވާ ކަންތައްތައް ކުރުން.

ބ. ހަތަރުކަޅިހަމަކުރުމާއި މަޑުމައިތިރި ހަރަކާތްތައް ދެއްކުން.

  1. ވަގުތުގެ އަގުވަޒަންކުރުން:

ހ. "ޑޭޓް"ތަކަށް ގަވައިދުން ދިއުން. މިސާލަކަށް، މީރު ކާބޯތަކެތި ހުންނަ ރެސްޓޯރަންޓްތަކަށް އެކުގައި ކާން ދިއުން.

ށ. ހުސްވަގުތު ހޭދަކުރާއިރު ދެމަފިރިންނަށް ކަމުދާ "ހޮބީ"ތަކާއި ޝައުގުވެރިވާ ކަންތައްތައްކުރުން.

ނ. ކުރިން ނުބުނެ "ސަޕްރައިޒް"ކޮށްލައި ކަހަލަ ކަންތައްތައްކުރުމާއި ބޭރުތެރޭގައި އެކުގައި ވަގުތު ހޭދަކުރުން.

ރ. އެކުގައި ކައްކަން އުޅުން.

ބ. މާނަފުން ވާހަކަދެއްކުމުގައި ވަގުތު ހޭދަކުރުން.

  1. އެކުގައި ކަންތައްތައް ތަޖުރިބާކުރުން:

ހ. ތަންތަނަށް އެކުގައި ދަތުރުކުރުން.

ށ. އާ ހުނަރުތައް ދަސްކުރުމުގަ އާއި އާ ހޮބީތަކުގައި އެކުގައި އުޅުން.

ނ. މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ ކަންތައްތަކުގައި ދެމަފިރިން އެކުގައި މަސްއޫލުވެގެން އުޅުން.

ރ. އަމާޒުފަތްގަނޑުތައް ކަނޑައެޅުމާއި ހުވަފެންތައް ހަގީގަތަށް ހެދުމަށް އެކުގައި މަސައްކަތްކުރުން.

ބ. ލިބޭ ކާމިޔާބީތައް ދެމަފިރިން އެކުއެކީގައި ފާހަގަކުރުން.

  1. މުއާމަލާތްކުރުން:

ހ. ނަފުސަށް އިތުބާރުކުރުމާއެކު ތެދުވެރިކަން ކުރިއަށްނެރުން.

ށ. "އަހަރެން" މި ބަސް ބޭނުންކޮށްގެން ވާހަކަދެއްކުން.

ނ. ބައިވެރިޔާއަށް ފާޑުކިޔައި، ކުށްވެރި ނުކުރުން.

ރ. ބޭނުންވާ ކަންތައްތަކާއި އެދޭ އެދުންތައް ދެ މީހުންނަށް ވެސް ފަހުމްވެފައި އޮތުން.

ބ. އިހްތިރާމާއި ތެދުވެރިކަމާއެކު ވާހަކަދެއްކުން.

  1. ގުޅުމުގެ ރޫހު ދެމެހެއްޓުން:

ހ. އެކަކު އަނެކަކު ދެކެ ލޯބިވުން.

ށ. އެކަކު އަނެކަކުގެ ނަފުސު ތަރައްގީކުރުމަށް ދެ މީހުންވެގެން މަސައްކަތްކުރުން.

ނ. އެކަކު އަނެކަކަށް ފުރިހަމައަށް އަޅާލުން.

ރ. ކައިވެނީގެ އަގުވަޒަންކުރުން.

ބ. އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުން.

  1. އަވަދިނެތި އުޅޭ ނަމަ ކަންތައްތައްކުރާނެ ގޮތް:

ހ. ގަވައިދުން ދެމަފިރިން އެކުގައި ވަގުތު ހޭދަކުރާނެ ތާވަލެއް ކަނޑައެޅުން.

ށ. ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތަކީ "ކޮލިޓީ" ރަނގަޅު ވަގުތަށްހެދުން.

ނ. ޓެކްނޯލޮޖީއާ ދުރަށް ޖެހިލައި، ސޯޝަލް މީޑިއާއާ ވެސް ކޮންމެވެސް ވަރަކަށް ދުރަށްޖެހިލުން.

ރ. ކުޑަކުޑަ ވަގުތުކޮޅެއް ލިބުނަސް ދެމަފިރިން އެކުގައި އުޅުން.

ބ. ޝުކުރުވެރިވާކަން ބައިވެރިޔާއަށް ހާމަކުރުން.

  1. ހަނދާނުގައި އަބަދުވެސް ބަހައްޓަންޖެހޭ ކަންތައްތައް:

ހ. ގުޅުން ބަދަހިވާނީ މަސައްކަތްކޮށްގެންކަން ދެނެގަތުން.

ށ. ޖަޒުބާތީ ގުޅުމަކީ ކޮންމެހެން މުހިންމު އެއްޗެއްކަން ގަބޫލުކުރުން.

ނ. ޖިސްމުގައި ބީހުމަކީ މުހިންމު ކަމެއްކަން އެނގުން.

ރ. ދެމަފިރިން އެކުގައި ކުރާ ތަޖުރިބާއިން ގުޅުން ވަރުގަދާވަކަން ފަހުމްވުން.

ބ. ލޯތްބާއި އެއްބައިވަންތަކަމަކީ މާތްﷲގެ ރޭވުންތެރިކަމުގައި އެންމެ ކުރީ ސަފުގައިވާ ކަންތައްތައްކަން ބަލައިގަތުން.

މި ބަލައިލި ކަންތައްތަކުން އެނގެނީ ޒަވާޖީ ހަޔާތް ކަމިޔާބުކުރުމަށްޓަކައި އެތައް ކަމެއް ކާމިޔާބުކަމާއެކު ކުރެވިދާނެކަމެވެ. ބޭނުމީ ހިތްވަރާއި ކެރުމެވެ.

ނޯޓު: ތަރުޖަމާއެއް

The post ކޮލަމް މީތިނުކިޔާތި: ދެމަފިރިންގެ ގުޅުން ހަރުދަނާކުރެވޭނެ ގޮތްތައް first appeared on އަދިވެސް އޮންލައިން.



More from Adhives Online