ކޮލަމް އަލި: ލޯބި އެއީ ހަގީގީ އެއްޗެއް ކަން ދަނެގަންނާނީ ކިހިނެއް؟

Tue, 22 Oct 2024 07:32 AM

View on this article on Adhives Online

ކޮލަމް އަލި: ލޯބި އެއީ ހަގީގީ އެއްޗެއް ކަން ދަނެގަންނާނީ ކިހިނެއް؟

މީހަކު ތިބާ ދެކެ ލޯބި ވަންޏާ އެ ކަން ތިބާއަށް އެނގޭނެއެވެ. އަދި އެ ކަން އިހުސާސް ވެސް ކުރެވޭނެއެވެ. ލޯތްބެއްގެ ތެދުކަން ނުވަތަ އޭގެ ހަގީގީކަން ކަށަވަރުކޮށް ދެނެގަތުމުގެ ހެކިތަކެއް ހުރެއެވެ. އެފަދަ ބައެއް ހެކިތައް ދަންނަވައިލާނަމެވެ.



ސަމާލުކަންދިނުން

މީހަކު ތިބާ ދެކެ ލޯބި ވަންޏާ އެ މީހަކު ތިބާއަށް، ތިބާގެ ކަންކަމަށް ސަމާޅުކަން ދޭނެއެވެ. އެއީ އަޅުގަނޑުމެން ކޮންމެ މީހަކީ އަޅުގަނޑުމެން ލޯބިވާ އެއްޗެއްސާ މެދު ވަރަށް ބޮޑަށް ސަމާލުވާ ބަޔަކީމުއެވެ.

އަޅައިލުންތެރިވުން

ތިބާ ދެކެ މީހަކު ލޯބި ވަންޏާ އެ މީހާ ތިބާއާ މެދު ތިބާގެ ސިއްހަތާ މެދު އަޅައިލުންތެރިކަން ބަހައްޓާނެއެވެ. ތިބާގެ ހާލަތުގެ މައްޗަށް އަޅައިލުންތެރިކަމެއް ނުބަހައްޓާ ނަމަ އެ މީހަކު ތިބާ ދެކެ ލޯތްބެއް ނުވެއެވެ.

މުއާސަލާތުކުރުން

ތިބާ ދެކެ ލޯބި ވާ މީހަކު ނަމަ، ތިބާއާ ވުއާސަލާތުކުރާނެއެވެ. ވާހަކަދައްކާނެއެވެ. އެކި ގޮތްގޮތުން ވީހައި ވެސް ގިނައެއްކޮށް މުއާމަލާތުކުރާނެއެވެ. ތިބާ ލޯބިވާ މީހެއްގެ އަޑު އިވުން ތިބާއަށް ވާނީ އުފާފާގަތިކަމަކަށެވެ.

އެއްޗެހިދިނުން

ލޯބީގެ ޠަބިޢަތުގެ އޮހުމަކީ މާއްދީ ގޮތުން ތަފާތު ބާވަތް ބާވަތުގެ އެއްޗެހި ދިނުމެވެ. ލޯބިވާ ފަރާތަށް ހަދިޔާބަދިޔާ ދިނުމެވެ. މީހަކު ތިބާ ދެކެ ލޯބި ވާނަމަ ބަދަލެއް ނެތި ތިބާއަށް އެއްޗެހި ދޭނެއެވެ. އެއީ ފައިސާއަކަށް ކޮންމެހެން ވާކަށް ނުޖެހޭނެއެވެ. މަލާއި ގުލްދަސްތާއަކީ ވެސް ލޯބީގެ ވެދުމުގެ ރަމްޒެވެ. ލޯބިވެރިންގެ އާދައަކި އެ ހިނދަކަށް އެ ޖެހޭ ކަމެއް ބަދަލެއް ނެތި ކޮށްދިނުމެވެ. އެހެން ކަން ނުކުރާ ނަމަ އެ މީހަކު ތިބާ ދެކެއެއް ލޯތްބެއް ނުވެއެވެ.

އެކުގައި ވަގުތު ހޭދަކުރުން

ތިބާ ދެކެ ލޯބިވާ މީހަކު ނަމަ ތިބާއާ އެކީ ހިތްހަމަޖެހުމުގެ ދިގު ވަގުތުތައް އެ މީހަކު ހޭދަކުރާނެއެވެ. ތިބާ މީހަކު ދެކެ ލޯބިވަންޏާ އެ މީހެއް ތިބާއާ ގާތުވާ ވާ ހިނދުކޮޅުތަކުން ތިބާ އުފާވާނެއެވެ. ހިތްހަމަޖެހުން ހާސިލްކުރާނެއެވެ. ލައްޒަތު ހާސިލްކުރާނެއެވެ.

ގުރުބާނީ

ލޯތްބަކީ ގުރުބާނީއެކެވެ. ފިދާއެކެވެ. ލޯބި މަސައްކަތްކުރަނީ އަމިއްލަ ނަފުސު ހޯދާކަށް ނޫނެވެ. ލޯބި އަބަދުވެސް އޭގެ ޒާތް ހޭދަކުރަނީ ލޯބިވާފަރާތުގެ ޚަރަދަށެވެ.

ތިބާއަށް ހެޔޮއިޙްސާސްތައް ކޮށްދިނުމަށް ޓަކައި އެންމެ ފަހަރަކު ނަމަވެސް އެ މީހެއްގެ މަގުން ނުނިކުންނަ މީހަކު ތިބާދެކެ ލޯބި ނުވެދާނެއެވެ. އެހެނީ ލޯތްބަކީ ގުރުބާނީއެކެވެ.

ކެތްތެރިކަން

ތިބާ ދެކެ މީހަކު ލޯބި ވަންޏާ ތިބާއާ އެކު އެ މީހާ ވަރަށް ބޮޑަށް ކެތްތެރިކަމުގައި ދާއިމުވާނެއެވެ. ތިބާގެ ނިކަމތި ހާލަތުގައްޔާއި ދަތިހާލުގައި ވެސް އެ މީހަކު ތިބާ ގާތުގައި ކެތްތެރިކަމާ އެކު ހުންނާނެއެވެ. ހިތްވަރުދީ އެހީތެރިކަމުގެ ވައިރޯޅި ޖައްސައިދޭނެއެވެ.

ރައްކާތެރިކަން

ތިބާ ދެކެ ލޯބިވާ މީހެއް ނަމަ ތިބާގެ ރައްކާތރެރިކަމަށް އަބަދު ވެސް އެ މީހަކު މަސައްކަތް ކުރާނެއެވެ. ދިމާވާ ނުރައްކާތަކާއި ބިރުވެރިކަންކަމުން ތިބާ ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭނޭ ކަމުގެ ފުރިހަމަ ޔަގީކަން ތިބާއަށް އެ މީހަކުން ދޭނެއެވެ.

އޯގާތެރިކަން

ލޯތްބަކީ އޯގާތެރިކަމުގެ ނަމެކެވެ. މީހަކު ތިބާ ދެކެ ލޯބި ވަންޏާ އެ މީހަކު ތިބާއަށް އޯގާތެރިވާނެއެވެ. ހަރުކަށިކަމަކީ ނަފްރަތުގެ އަލާމާތެކެވެ. ނުރުހުންތެރިކަމާއި ރުޅިވެރިކަމަކީ ލޯބިވުމުގެ އަލާމާތްތަކެއް ނޫނެވެ. މިއީ އޯގާތެރިކަމުގެ އިދިކޮޅު ސިފަތަކެވެ. އޯގާތެރިކަމަކީ ބަދަލެއް ނެތި ތިބާއަށް ރުހުމެވެ. ހެޔޮވުމެވެ. ހިތްތިރިކަމން ފާޅުކުރުމެވެ. އޯގާވެރިކަމުގެ އޮށަކުން ނޫނީ ހަގީގީ ލޯތްބެތް އުފަނެއް ނުވެއެވެ. މި ސިފަ ނެތް ނަމަ ލޯތްބެއް ނުވަނީއެވެ.

ޟަޢީފްކަން

ލޯބިވުމުގެ އެންމެ ބޮޑު އެއް ސިފައަކީ ލޯބިވާ ފަރާތުން ތިބާގެ މައްޗަށް ޟަޢީފުވުމެވެ. އެ މީހެއްގެ ފަރާތު ހުންނަ ދިފާޢުތައް ތިބާއަށް ޓަކައި ހުޅުވައި ފަސޭހަކަން އިސްކުރާނެއެވެ. އަދި ތިބާގެ ކުރިމަތީގައި އެ މީހެއްގެ ހުންނަ ވަރުގަދަކަމުގެ ފިޔަތައް ތިރިކުރާނެއެވެ. އަދި ޟަޢީފްކަމުގެ މަޑުމޮޅި ސިފަތައް އިސްކުރާނެއެވެ. އެއީ ތިބާގެ ސަބަބުން އެއްވެސް ހިތްދަތިކަމެއް ލިބުން ނޭދޭ ހާލުއެވެ.

އެހީތެރިކަން

ލޯބިވާ މީހުން ކޮންމެ ފަދަ ހާލެއްގައި ވެސް ތިބާއަށް އެހީތެރިވެ އަޅައިލާނެއެވެ. އެ މީހެއްގެ ހުރި ގާބިލިއްޔަތެއްގެ ތެރެއިން އެހީތެރިކަމުގެ އަތް ތިބާއަށް ދިއްކުރާނެއެވެ. އެ ފަދަ މީހުން ތިބާގެ ހުވަފެންތަކާއި އުންމީދުތަކަށް އެއްބާރުލުން ދޭނެއެވެ. މާލީ ގޮތުންނާއި ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުންނާއި މި ނޫން ވެސް މި ފަދަ އެކި ގޮތްގޮތުން ތިބާއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވުނަކުރުން

މީހަކު ތިބާދެކެ ލޯބިވާނަމަ ނަފްސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ތިބާގެ ކަންކަން ރަނގަޅު ވުން އެދި ތިބާއަށް ވުނަކޮށްދޭނެއެވެ. އެހެނީ ލޯބި އަބަދުވެސް ތަރައްގީވަނީ ބިނާކުރުމާއެކުވެ. ލޯބި އަރާނީ އަބަދުވެސް ހެދެމުން މައްޗަށެވެ.

މި ބަޔާން ކުޅައީ މީހަކު ތިބާ ދެކެ ލޯބިވާ ކަން ދަނެގަނެވިދާނެ ބައެއް ނިޝާންތަކެވެ. އަލާމާތްތަކެވެ.

ވަގުތު ދިނުން

ނައިޖީރިޔާގެ މަޝްހޫރު ލިޔުންތެރިޔާ އަދި މީސް މިޑިޔާގެ ނުފޫޒަރު މރ ރެނޯ އޮމޯކް ވިދާޅުވެއެވެ. އެއްވެސް މޫނުމަތިގަނޑެއް އަބަދަކު އަޅައިގެނެއް ނޫޅެވޭނެއެވެ. އެ ފަދަ މީހުންނަށް ވަގުތު ދޭށެވެ. އެ މީހުން އެ އެޅި މޫނުމަތިގަނޑު ވެއްޓޭނެއެވެ. އެ ވަގުތެއް އަންނަން ދެން ގުޅުން ވެސް ނުއުފައްދާށެވެ. އަދި އެފަދަ މީހަކާ އެކު ވިޔަފާރިއެއް ވެސް ކުރިޔަށް ނުގެންދާށެވެ. ލޯތްބާ އެކު މަޑުކޮށްލާށެވެ. އެކަމަކު ސަމާލުވާށެވެ. ވިސްނައިލައިފިނަމަ އެނގި ކަށަވަރުވާ ހަގީގަތެއް ދަންނަވަން ހެއްޔެވެ! ދަރިމައިވުމުގެ އަލާމާތެއް އަބަދަކު ވަންހަނާއެއް ނުކުރެވޭނެއެވެ. ވަގުތުތައް ހޭދަވަމުން ދިޔަދިޔަހެން މީސްތަކުންނަށް ފާޅުވެ އެނގޭ ހުށްޓެވެ.

ވީމާ، މީހުންނަށް ވަގުތުދޭށެވެ. މީހަކު ތިބާ ދެކެ އެ މީހެއްގެ މުޅި ހިތުން ލޯބިވާ ކަން ބުނެފާނެއެވެ. ތިޔައީ އޭނާގެ ހެނދުނު ތަރިއޭ ވެސް ބުނެފާނެއެވެ. އަރާއިރުގެ ދޯއްޖޭ ވެސް ބުނެފާނެއެވެ. އޭނާގެ ސައިތަށީގެ ފޮނިކަން ކަމުގައި ވެސް ބުނެފާނެއެވެ. ހަމައެހެންމެ ތިޔައީ އެ އޭނާގެ ޕާނުގެ ބަޓަރު ކަމުގައި ވެސް ބުނެފާނެއެވެ. އަދި ތިޔައީ އޭނާގެ ހުރި ހަމައެކަނި މީހާ ކަމުގައި ވެސް ބުނެފާނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެއީ ތެދުކަން ނުވަތަ ދޮގުކަން ތިބާއަށް ކަށަވަރުވާނީ ވަގުތުގެ ޠަބީޢަތު ދޭ ފިލާވަޅުންނެވެ. ވީމާ، ވަގުތު ދޭށެވެ.

ލޯބީގެ ހަގީގީކަން ވަޒަންކުރުމުގައި އަންނަނިވި ސުވާލުތަކާ މެދު ވެސް ފިކުރުކޮށްލާށެވެ.

ތިބާ ދެކެ ލޯބިވާ ކަން ބުނާ މީހަކު ތިބާގެ ފުށުން ޖިސްމާނީ ލައްޒަތަކަށް އެދިއްޖެ ހިނދަކު އެ ފަދަ ކަމެއް ކުރާން ބޭނުންމީ ކައިވެންޏަށް ފަހުގައި ކަން ތިބާ ބުނެފި ނަމަ އެ މީހަކު ތިބާއާ އެކު ލޯބި ދަމަހައްޓާނެ ހެއްޔެވެ؟

ތިބާއަށް ތުރާ ހާލަތެއް މެދުވެރިވެއްޖެ ހިނދަކު ފަހަރުގައި ތިބާ ވަރަށް ބޮޑަށް ބަލިވެއްޖެ ނަމަ އެ މީހަކު ތިބާއާ އެކު ލޯބި ދަމަހައްޓާނެ ހެއްޔެވެ؟

މީހަކު ތިބާ ދެކެ ލޯބިވާކަން ބުނެފާނެއެވެ. އަދި ތިބާއީ އޭނާގެ މުޅި ދުނިޔެ ކަމަށް ވެސް ބުނެފާނެއެވެ. ތިޔައީ އޭނާގެ ހުރިހައި ކަމެއް ކަމަށް ވެސް ބުނެފާނެއެވެ. ތިބާއާ ނުލައި ދިރިނޫޅެވޭނެ ކަމާއި ދިރިހުރުން އުނދަގޫވާނެ ކަމަށް ވެސް ބުނެފާނެއެވެ. ތިޔައީ އޭނާގެ ނޭވާކާމާއި ދިރިހުރުމުގެ ބާރު ކަމުގައި ވެސް ބުނެފާނެއެވެ. މައްސަލައެއް ކަމަށް ނުދެކޭށެވެ. ވަގުތު ދޭށެވެ. ހަގީގަތް އެނގޭނެއެވެ.

ތިބާގެ ވަޒީފާ ގެއްލުން ނުވަތަ ވިޔަފާރީގައި ވަރަށް ބޮޑަށް އަޑި އަޅައިފި ނަމަ ތިބާ ދެކެ ލޯބިވާކަމަށް ބުނާ މީހާ ތިބާ ދެކެ ލޯބި ވާނެ ހެއްޔެވެ؟

ތިބާއަށް ތިބާގެ ލޯބިވެރިޔާއަށް މާލީ އެހީތެރިކަން ބޭނުންވާ ކަންކަން ކޮށް ނުދެވެންޏާ އޭނާ ތިބާ ދކެ ވީ ލޯބި އެ ގޮތުގައި ދަމަހައްޓާނެ ހެއްޔެވެ؟ ނޫނީ އެހެން މީހަކާ ގުޅިގެން ތިބާއަށް ގެއްލިދާނެ ހެއްޔެވެ؟

ކަންކަމުގައި އަވަސް އަރުވައިލައިގެން ނޫޅޭށެވެ. ވަގުތު ދޭށެވެ. ވަގުތަކީ ކަޝްފުވެރިއެކެވެ. ވަގުތު ކަންކަން ކަޝްފުކޮށްދެއެވެ. ހާމަކޮށްދެއެވެ.

ލޯތްބަކީ ހަގީގަތެއްކަން ނުވަތަ ނޫންކަން ވަގުތު ކަޝްފުކޮށްދޭނެއެވެ. ވަގުތު ބުނެދޭނެއެވެ. އެ މީހަކު އެ ބުނަނީ ތެދެއް ކަން ނުވަތަ ދޮގެއް ކަން ވަގުތު ތިބާއަށް ބުނެދޭނެއެވެ. އެހެނީ، ލޯތްބަކީ ސާބިތު ފިޔަވަޅުތަކެއްގެ މަތީ ގާއިމުވާ ޖަޒުބާތެކެވެ. އެއީ ވަގުތު ދިގު ތަހައްމަލުކުރުމެކެވެ. ލޯބީގައި ދެމިހުންނާށެވެ! ނަމަވެސް ސަމާލުވާށެވެ.

  • ތަރުޖަމާއެއް

The post ކޮލަމް އަލި: ލޯބި އެއީ ހަގީގީ އެއްޗެއް ކަން ދަނެގަންނާނީ ކިހިނެއް؟ first appeared on އަދިވެސް އޮންލައިން.



More from Adhives Online