ކޮލަމް މީތިނުކިޔާތި: ފިރިމީހާ ދެކެ ލޯބިވާކަން އަންގައިދޭނެ 6 ގޮތެއް

Tue, 22 Oct 2024 07:38 AM

View on this article on Adhives Online

ކޮލަމް މީތިނުކިޔާތި: ފިރިމީހާ ދެކެ ލޯބިވާކަން އަންގައިދޭނެ 6 ގޮތެއް

ޒަވާޖީ ހަޔާތް ކާމިޔާބުވުމުގައި ދެމަފިރިން އެކަކު އަނެކަކު ދެކެވާ ލޯތްބަކީ ކައިވެނީގެ ބިންގަލެވެ. މި ލޯބި ހިތުގައި ފޮރުވައިގެން އުޅުމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. އެއާ ހިލާފަށް ލޯބިވާކަން ހާމަކުރުމަކީ ދެމަފިރިންގެ ދެމެދުގައި އިތުބާރު އުފެދި، ދިރިއުޅުން ހަމަމަގުން ކުރިއަށްދާނެ ގޮތެވެ. އެ ގޮތުން މި ބަލައިލަނި ފިރިމީހާދެކެ ލޯބިވާކަން އަންގައިދޭން އަނބިމީހާއަށް ކުރެވިދާނެ ހަ ކަމެކެވެ.



  1. ފިރިމީހާގެ އުނިސިފަތައް ބަލައިގަތުން:

އެއްވެސް މީހަކީ ދުވަހަކު ވެސް "ޕާފެކްޓް" ނުވަތަ އެންމެ ރަނގަޅު މީހާއަކަށް ނުވާނެއެވެ. ބައެއް ފަހަރަށް ދެކޮޅު ނުޖެހޭ ނުވަތަ ހަމަނުޖެހޭ ކަންތައްތައް ވެސް ކުރާނެއެވެ. އޭނާގެ ފަރާތުން ކެތްތެރިކަން ބައެއް ފަހަރަށް ނުފެންނާނެއެވެ. ބައެއް ފަހަރަށް ތިބާގެ މޫޑު ބަދަލުވާ ބަދަލުވުމާމެދު ހަދާނެ ގޮތް އޭނާއަށް ނޭނގިދާނެއެވެ. މީގެ އިތުރުން އޭނާގެ ގާތަށް ރުޅިއަންނަ ފަހަރު ވެސް އަންނާނެއެވެ. ސަބަބަކީ އޭނާގެ މޫޑު ވެސް އެއީ އެކި ފަހަރު އެކި ގޮތަށް ބަދަލުވާނެ އެއްޗެކެވެ.

  1. ފިރިމީހާ ކުރާހިތްވާ ކަންތައްތަކަށް ޖާގަ ދިނުން:

ފޮއްޓަކަށް ލައި އޭނާ ތަޅުނުލައިށެވެ. އޭނާގެ ކަރުގައި ހިފައި ހާސްނުކޮށްލައިށެވެ. ސަބަބަކީ ހަގީގަތަކީ އޭނާ ތިބާ ދެކެ ހަގީގީ ލޯބިވާ ނަމަ، ތިބާ ހިތުގައި ޖެހޭނެ ކަންތައްތަކެއް އޭނާ ނުކުރާނެއެވެ. އޭނާއަކީ ވެސް ފުރާނަ ހުރި މަސްގަނޑެއް ކަމަށްވާތީ އޭނާ ދިރިއުޅެން ބޭނުންވާ ގޮތެއް ވެސް އޮންނާނެއެވެ. އެހެންކަމުން އެ ކަން ނިގުޅައިނުގަންނައިށެވެ. ތިބާއަކީ އޭނާގެ ދުނިޔެއެއް ނޫނެވެ؛ ތިބާއަކީ އޭނާގެ ދުނިޔެއިން ބައެކެވެ.

  1. ފިރިމީހާ ތިބާއަށް ހިތާގޮތަށް ތިބާ ވެސް ހިތުން:

އޭނާ ތިބާއަށް އަޅާލާފަދައިން ތިބާ ވެސް އޭނާއަށް އަޅާލާށެވެ. ދުވަހުގައި ކަންތައްތައް ދިޔައީ ކިހިނެތްތޯ އަހައިށެވެ. ގޯސްކޮށް ދިޔައީ ކޮން ކަންތައްތަކެއްތޯ ވެސް އަހައިށެވެ. އޭނާވާވަރުގެ ވަރުގަދަ ލޯތްބެއް އޭނާ ދެކެ ވެސް ވާށެވެ. އޭނާއާމެދު ކެތްތެރިކަން ވެސް ބަހައްޓައިށެވެ.

  1. ފިރިމީހާއަށް އިހުތިރާމްކުރުން:

އޭނާ ހިޔާރުކުރާ ކަންތައްތަކާއި ނިންމާނިންމުންތަކަށް އިހުތިރާމްކުރާށެވެ. އޭނާއަށް ވެސް ލިބިދޭންޖެހޭ އިހުތިރާމް އަދާކުރާށެވެ.

  1. ފިރިމީހާއަށް އަޅާލުން:

އޭނާއާމެދު އަޅާލާކަން ހާމަކުރައިށެވެ. އޭނާގެ ގައިގައި ބައްދައިލައި ހަދައިށެވެ. އޭނާއަށް ބޭނުންޖެހިއްޖެ ކޮންމެ ހިނދެއްގައި ވެސް ތިބާ އޭނާއާ އެކުގައި ވާކަން ދައްކައިށެވެ.

  1. ފިރިމީހާއަށް ސަމާލުކަންދިނުން:

އޭނާއަށް ވެސް ސަމާލުކަން ބޭނުންވާނެއެވެ. އޭނާއަކީ ތިބާގެ ހުރިހާ ވެސް މީހާކަން އަންގައިދޭށެވެ. ތިބާއަކީ އޭނާގެ ހުރިހާ މީހާކަން ވެސް އޭނާ ތިބާއަށް ދައްކައިދޭ ގޮތަށެވެ. ތިބާގެ އެއްވެސް ބުނުމަކާއި ނުވަތަ އަމަލެއްގެ އިހުލާސްތެރިކަމާމެދު ޝައްކުކުރާނެ ޖާގަ އޭނާއަށް ނުދޭށެވެ.

މި ބަލައިލި ކަންތައްތަކުން ހާމަވާ ގޮތުގައި އެއްވެސް މީހަކީ، އަދި އެއީ ފިރިހެނަކު ކަމަށް ވިޔަސް، މުޅިއަކުން ހުރިހާ ކަމެއް ރަނގަޅު މީހަކަށް ނުވާނެއެވެ. ތިބާއަށް ލިބިފައިވާ ފިރިމީހާއަކީ "ޕާފެކްޓް" މީހެއް ކަމަށް ބަލައިގެން އުޅެފި ނަމަ، ކޮންމެވެސް ދުވަހަކުން ތިބާއަށް ހިތާމަ ލިބޭނެއެވެ. ސަބަބަކީ ތިބާ ހީކޮށްގެން ހުރި ހުރިހާ ސިފައެއް އޭނާގެ ފަރާތުން ފެންނާނެކަމަށް އުއްމީދުކޮށްގެންހުއްޓައި އާހިރުގައި އެ ގޮތަށް ނުވުމުންނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ އޭނާގެ ހުރިހާ ކުދިކުދި ސިފައެއް ވެސް ބަލައިގަތުން މުހިންމުކަމެވެ. ބައެއް ފަހަރަށް އަންހެނުންގެ ޝަހުސިއްޔަތަކީ ކޮބައިކަން ފިރިހެނުންނަށް ފަހުމްވާން އެދެވޭލެއް ބޮޑުކަމުން ފިރިހެނުންގެ ޝަހުސިއްޔަތަކީ ކޮބައިކަން ފަހުމްވާންޖެހޭކަން ބައެއް ފަހަރު އަންހެނުން ހަނދާންނެތެއެވެ.

ނޯޓު: ތަރުޖަމާއެއް

The post ކޮލަމް މީތިނުކިޔާތި: ފިރިމީހާ ދެކެ ލޯބިވާކަން އަންގައިދޭނެ 6 ގޮތެއް first appeared on އަދިވެސް އޮންލައިން.



More from Adhives Online